ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

ނައްތާލާފައި ވަނީ 1696 ބްރޭންޑެޑް ފުޅި އާއި 23 ޕެޓް ފުޅި އަދި 1331 ދަޅު ބިޔަރެވެ.
އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި އެވެ.
ފުލުހުން ބުނި ގޮތުގައި ދޫނިދޫގައި މިއަދު ނައްތާލި ބަނގުރަލަކީ އެ ހިދުމަތަށް ހުށަހަޅާފައިވާ ބަނގުރަލުގެ މައްސަލަތަކުގެ ތެރެއިން، ފައިލުކުރުމަށް ނިންމާފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރަލާއި، ޑްރަގް އެންފޯސްމަންޓާއި، ޓޫރިސްޓު ޕޮލިސް އަދި ހުޅުމާލެ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށަށް، ތުހުމަތުކުރެވޭ ފަރާތެއް ނެތްގޮތަށް ގެނެވިފައިވާ އިންސިޑެންޓުތަކުގައި ހިމެނޭ ބަނގުރަލުގެ އިތުރުން ކޭސްކޮށްފައިވާ މައްސަލަތަކުގެ ތަހުލީލު މަރުހަލާ ނިމިފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރަލެވެ.ނައްތާލާފައި ވަނީ 1696 ބްރޭންޑެޑް ފުޅި އާއި 23 ޕެޓް ފުޅި އަދި 1331 ދަޅު ބިޔަރެވެ. އަދި އެހެނިހެން ތަކެތީގެ ގޮތުގައި 64 އައިޓަމް ނައްތާލާފައިވެ އެވެ. ނައްތާލި އެހެނިހެން ތަކެތީގެ ތެރޭގައި، ކޮތަޅާއި ނޫސްކަރުދާހާއި ކަރުދާސް ފޮށިގަނޑު އަދި ދަބަސް ފަދަ ތަކެތި ހިމެނެ އެވެ.  
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ