ދިރާގުގެ 2026 ވަނަ އަހަރުގެ ކަލަންޑަރު ކަނޑު ފަޅުތަކަށް ހާއްސަކޮށްފި އެވެ.
ވީ ކިހިނެއް؟ - "ކަނޑުފަޅުގެ ގުޅުންތަކުގެ އަހަރެއް" މި ޝިއާރުގެ ދަށުން ތައްޔާރުކުރި އެ ކުންފުނީގެ 2026 ވަނަ އަހަރުގެ ކަލަންޑަރު
ވަނީ އަންގާރަ ދުވަހު ލޯންޗުކޮށްފަ އެވެ.
ތަފްސީލް - މި ކަލަންޑަރަކީ ކަނޑުފަޅުތަކުގެ ދިރުންތައް އެކަތި އަނެކައްޗަށް
ބަރޯސާވާ ފަދައިން ރާއްޖޭގައި އެކަކު އަނެކަކު ގުޅުވައިދިނުމުގައި ދިރާގު
އަދާކުރަމުންދާ މުހިންމު ދައުރާއި ހުރި މާނަވީ ގުޅުމުގެ މައްޗަށް ބިނާކޮށް
ތައްޔާރު ކުރި ކަލަންޑަރެއް ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުގެ ޑިރެކްޓަރު ބްރޭންޑް އެންޑް
މާކެޓިން ކޮމިއުނިކޭޝަންސް މިރުޝާން ހަސަން ވިދާޅުވީ ދިރާގުގެ މަގުސަދަކީ ކަލަންޑަރުގެ އެހީގައި ވަށައިގެންވާ ތިމާވެށި ދެމެހެއްޓިނިވި
ގޮތެއްގައި ރައްކާތެރިކުރުމަށް ކަނޑުފަޅުގެ ދިރުންތަކުގެ މުހިންމުކަން އަންގައިދީ ކަނޑުތައް ރައްކާތެރިކުރުމަށް ބާރުއެޅުން ކަމަށެވެ.
"އަދި ކަނޑުތައް ރައްކާތެރިކުރުމަކީ
ދިރާގުގެ ސީއެސްއާރުގެ ތެރެއިން ވެސް ވަރަށް ބޮޑު އިސްކަމެއް ދޭ ދާއިރާއަކަށް ވާއިރު އަޅުގަނޑުމެންގެ އުންމީދަކީ މި ކަލަންޑަރުގެ އެހީގައި މި ކަމަށް
ހޭލުންތެރިކަން އިތުރުކުރުން." މިރުޝާން ވިދާޅުވި އެވެ.
މި ކަލަންޑަރުގައި ރާއްޖޭގެ ކަނޑުއަޑީގެ ދިރުންތަކުގެ ރީތިކަން ދައްކުވައިދޭ ކުރެހުންތައް
ވަނީ ހިމަނާފައި
ކަލަންޑަރުގެ ކޮންމެ މަހެއް ހާއްސަކޮށްފައިވަނީ ކަނޑުގައި
ދިރިއުޅޭ ތަފާތު ދިރޭ ބާވަތްތައް އެކަތި އަނެކަތީގެ ދިރިހުރުމަށް އެއްބާރުލުންދޭ ގޮތުގެ
މައްޗަށް
މި ގުޅުންތައް ބިނާވެފައިވަނީ އިންސާނުންނާއި ކަނޑުގެ ދިރުންތައް
ގުޅިލާމެހިފައިވާ ފަދައިން، ކަނޑުގެ ދިރުންތައް ވެސް ކެއިންބުއިމަށާއި
ރައްކާތެރިކަމަށާއި ދިރިއުޅޭ ތަން ބިނާކުރުމަށް އެކަތި އަނެކައްޗަށް ބަރޯސާ ވާ ގޮތުގެ
މައްޗަށް
ދިރާގުގެ 2026 ވަނަ އަހަރުގެ ކަލަންޑަރު ކަނޑު ފަޅުތަކަށް ހާއްސަކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ