ކުޅުދުއްފުށީގައި ޝަހީދު ހުސައިން އާދަމްގެ ހަނދާނީ ބިނާއެއް ހަދަނީ

ކުޅުދުއްފުށި ސިޓީއަށް ނިސްބަތްވާ އަދި ނަސްރު ދުވަހުގެ ބަދަލު ޝަހީދު ހުސައިން އާދަމަށް ހަދާނީ ބިނާއެއް އެޅުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ ޝަހީދު ހުސައިން އާދަމްގެ ހަނދާނީ ބިނާ ފަރުމާކުރުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފަ އެވެ. އެ ބިނާ ފަރުމާކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންކަން:
އެ ބިނާ ފަރުމާކޮށް އެ ފަރުމާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 25 ވަނަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށް ހުޅުވާލާ ކަމަށެވެ. އަދި ހުށަހެޅޭ ފަރުމާތަކުގެ ތެރެއިން ހޮވޭ އެންމެ ރަނގަޅު ފަރުމާއަކަށް 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭން ނިންމާފައިވާ ކަމަށްވެސް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ