ފަރުވާއަށް ފަހު ރައީސް މައުމޫން ހޮސްޕިޓަލުން ދޫކޮށްލައިފި

ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް ފަރުވާއަށްފަހު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ދޫކޮށްލައިފި އެވެ.
މިދިޔަ މަހުގެ 30 ވަނަ ދުވަހު ރައީސް މައުމޫން އައިޖީއެމް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވަނީ ރޯގާ ދިިގުލައިދާތީ ޓެސްޓުތައް ހަދައިި ފަރުވާ ދިނުމަށްޓަކަ އެވެ.
ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅެފައިވަނީ ބަލިން ރަނގަޅުވެ ހޮސްޕިޓަލުން އެނބުރި ގެއަށް ވަޑައިގެންފައިވާކަމުގަ އެވެ. އަދި ހޮސްޕިޓަލުގައި ހޭދަކުރެއްވި މުއްދަތުގައި ފޯރުކޮށްދެއްވި އެހީތެރިކަމަށްޓަކައި އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި ނަރުހުން އަދި އެ ހޮސްޕިޓަލުގެ މެނޭޖްމެންޓަށް ޝުކުރު އަދާކުރައްވާ ކަމަށްވެސް ރައީސް މައުމޫން ގެ މެސެޖުގައި ވިދާޅުވެފައި ވެއެވެ.
އުމުރުފުޅުން 82 އަހަރުގެ ރައީސް މައުމޫން މިހާރުވެސް ގެންދަވަނީ ރާއްޖޭގެ ސިޔާސީ ދާއިރާގައި މަސައްކަތްޕުޅު ކުރައްވަމުންނެވެ. އެގޮތުން ރައީސް މައުމޫން ގެންދަވަނީ މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަވައި އެޕާޓީގެ ރައީސްގެ މަޤާމު ފުރުއްވަމުން ނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ