ޕީޕީއެމްއާއި ޕީއެންސީގެ ކައުންސިލް ބައްދަލުވުމުގައި ރައީސް ނަޝީދު ވެރިކަމަށް ކަމަށް ގެނައުމަށް ގޮވައިފި

މިރޭ ކުރިއަށްދާ ޕީޕީއެމްއާއި ޕީއެންސީގެ ކައުންސިލް ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރައީސް ކަމަށް ގެނައުމަށް ގޮވައިފިއެވެ.
މިގޮތަށް ގޮވާފައިވަނީ އެ ކައުންސިލް ބައްދަލުވުމުގައި ހިމެނި ވަޑައިގަންވާ މެންބަރެކެވެ.
މިގޮތަށް ގޮވާލުމާއެކު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެފައިވަނީ 'ޖަޒުބާތުގައި ވަރަށް ގިނަ މެންބަރުން ވާހަކަ ތަކެއް ދައްކަވަމުން ގެންދަވާ' ކަމަށެވެ.
މިރޭގެ ބައްދަލުވުމުގައި ގިނަ މެންބަރުން ގޮވާލާފައިވަނީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ރައީސް އަބްދުﷲ ޔާމިންގެ މައްޗަށް 5 އަހަރުގެ ހުކުމެއް އިއްވައި 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރުމާއި ގުޅިގެން ހުއްޓާލުމެއް ނެތި އިހުތިޖާޖުތައް ކުރިއަށް ގެންދިއުމަށް އެދޭކަމަށެވެ.
މީގެ އިތުރުން ރައީސް ޔާމިން ނެތަސް އެމަނިކުފާނުގެ ހަނދާނުގައި އިދިކޮޅުން ބާއްވާ ބައްދަލުވުންތަކުގައި އެމަނިކުފާނުގެ ނަން ޖަހާފައިވާ ހުސް ގޮނޑިއެއް ބައިންދާނެކަމަށް އަދުރޭ ވިދާޅުވެފައިވެއެވެ.
ރާއްޖޭގެ ބައެއް ރަށްރަށުގައި ރައީސް ޔާމިން ޖަލަށްލުމަށް ހުކުމް ކުރުމާ ގުޅިގެން މުޒާހަރާތައް ކުރިއަށްދާކަމަށް ވެސް އަދުރޭ ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ