ވިލިމާލޭގައި ބާއްވަން ނިންމި ހަފްތާ ރެސް މޫސުން ތަންނުދޭތީ ކެންސަލްކޮށްފި

މާދަމާ ވިލިމާލޭގައި ކުރިއަށް ގެންދަން ނިންމާފައިވާ ''ހަފްތާ ރެސް'' މޫސުން ތަން ނުދިނުމުގެ ސަބަބުން ނުބާއްވަން ނިންމައިފިއެވެ.
ހަފުތާ ރެސް ކެންސަލް ކުރިކަން ޔޫތު މިނިސްޓްރީން ހާމަކުރިނަމަވެސް އެ އެހަރަކާތް ދެން ބާއްވާނެ ތާރީހެއް ހާމައެއް ނުކުރެއެވެ.
''ހަފްތާ ރެސް'' އަކީ ރައީސް ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގައި ހިމެނިގެން ކޮންމެ ހަފުތާއެއް ނިންމުމުގެގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ ވީކްއެންޑް މާކެޓާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިމެނޭ ގޮތަށް ކުރިއަށްގެންދާ ހަރަކާތެކެވެ.
ޔޫތު މިނިސްޓްރީން އިންތިޒާމްކޮށްގެން ކޮންމެ ހަފުތާ ބަންދަކާ ދިމާކޮށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ހަރަކާތަކީ އާންމު ފަރުދުންނާއި ޒުވާނުންނާއި އަންހެނުންނާއި އަދި ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކުގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަށް ކުރިއަރުވައި، އެ ފަރާތްތަކުން ބާރުވެރިކުރުވުމުގެ މަގުސަދުގައި ސަރުކާރުން ކުރިޔަށް ގެންދާ ހަރަކާތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ