އިއްތިހާދު އެއާވޭސްގެ މަތިންދާ ބޯޓެއްގައި މީހަކު ވިހައިފި

އަބޫދާބީ އިން ފުރައިގެން އިންޑޮނޭޝިއާގެ ޖަކާޓާ އަށް ދަތުރު ކުރި އިއްތިހާދުގެ އެއާވޭސްގެ މަތިންދާ ބޯޓެއްގައި މީހަކު ވިހައިފި އެވެ.
ހަބަރުތައް ބުނާގޮތުން ނަމަ، އިއްޔެ ހެނދުނުގެ ވަގުތެއްގައި ހިނގި އެ ހާދިސާ އާ ގުޅިގެން އެ ބޯޓު ވަނީ  އިމާޖެންސީކޮށް މުމްބާއީގެ ޗަތުރަޕަތީ ޝިވާޖީ މަހަރާޖު އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފަ އެވެ.
އަދި އެ ބޯޓު ލޭންޑު ކުރުމަށްފަހު އެ އަންހެންމީހާ އާއި ތުއްތު ދަރިފުޅު، އަންދޭރީގައި ހުންނަ ސެވެން ހިލްސް ހޮސްޕިޓަލަށް ފޮނުވާލާފައިވާ ކަމަށާއި މިހާރު އެ ދެމައިންގެ ހާލުވެސް ރަނގަޅު ކަމަށް ހަބަރުތައް ބުނެ އެވެ.
ހަބަރުތައް ބުނާގޮތުން ނަމަ، ފުލައިޓުގައި ވިހެއި އެ އަންހެން މީހާއަކީ އިންޑޮނޭޝިއާ އަށް ނިސްބަތްވާ މީހެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ