މޯލްޑިވްސް ބިޒްނަސް އެވޯޑް 2018 ހަފްލާ ބާއްވައިފިއެވެ.
ބްލޭޒަން އިންކް އިން އިންތިޒާމްކޮށް ހޮނިހިރު ދުވަހުގެ ރޭ ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވި މިހަފްލާ ޝަރަފުވެރިކޮށްދެއްވީ ދައުލަތަށް ގިނަދުވަހު ޚިދްމަތް ކުރެއްވި ނިޝާން އިއްޒުއްދީންގެ ވެރިޔާ އައްބާސް އިބްރާހިމްއެވެ.
ޖުމްލަ 23 ދާއިރާއަކުން އެވޯޑްދިން މިހަފްލާގައި އެންމެޝަރަފްވެރި އެވޯޑެއް ދީފައިވަނީ ހަޔާތީ އަރުތައިގެ އެވޯޑް ލިބިލެއްވި ރައްޔިތުން މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމަށެވެ. މީގެ އިތުރުން ބިޒްނަސް އޮފް ދަ އިޔަރގެ އެވޯޑް ލިބިފައިވަނީ އެލައިޑް އިންޝުއަރަންސް ކޮމްޕެނީ މޯލްޑިވްސް އަށެވެ.
މި އެވޯޑްހަފްލާގައި އެކްސަލެންސް އިން ފައިނޭންސް (ބޭންކިންގް އެންޑް ފައިނޭންސް) އެވޯޑް އެޗްޑީއެފްސީ އަށް ލިބިފައިވާއިރު އެކްސަލެންސް އިން ފައިނޭންސް (އިންޝުއަރެންސް) އެވޯޑް ލިބިފައިވަނީ އެލައިޑް އިންޝުއަރެންސް އަށެވެ. އަދި އެކްސަލެންސް އިން ހޮސްޕިޓަލިޓީ (ހޮޓެލްސް އެންޑް ގެސްޓް ހައުސަސް) ރިވެރީސް ގެސްޓް ހައުސް އަށް ލިބިފައިވާއިރު ، އެކްސަލެންސް އިން ހޮސްޕިޓަލިޓީ (ޓުއަރ އޮޕަރޭޓާޒް) އެވޯޑް އިނަރ މޯލްޑިވްސް އަށް އަދި އެކްސަލެންސް އިން ފިޝަރީޒް އެންޑް އެގްރިކަލްޗަރ އެވޯޑް އެންސިސް ފިޝަރީޒް އަށް ލިބިފައިވާއިރު އެކްސަލެންސް އިން ޔުޓިލިޓީ އެވޯޑް ލިބިފައިވަނީ އެމްޑަބްލިޔުއެސްސީ އަށެވެ.
މީގެއިތުރުން އެކްސަލެންސް އިން ކޮންސްޓްރަކްޝަން އެންޑް ރިއަލް އެސްޓޭޓް އެވޯޑް ސަސޭ ކޮންސްޓްރަކްޝަނަށް ލިބިފައިވާއިރު އެކްސަލެންސް އިން ހޯލްސޭލް އެންޑް ރީޓެއިލް އެވޯޑް ލިބިފައިވަނީ އެޓޯލް މާކެޓް އަށެވެ. އަދި އެކްސަލެންސް އިން އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން އެވޯޑް މިއަހަރު އުރީދޫ މޯލްޑިވްސް އަށް ލިބިފައިވާއިރު އެކްސަލެންސް އިން ޓްރާންސްޕޯޓް އެންޑް ލޮޖިސްޓިކްސް އެވޯޑް ޓޯޓަލް ޓްރާންސްޕޯޓް ސޮލިއުޝަންސް އަށް ވަނީ ލިބިފައެވެ.
ހޮނިހިރުދުވަހުގެރޭގެ މި އެވޯޑް ހަފްލާގައި އެކްސަލެންސް އިން ހެލްތް ކެއަރ އެވޯޑް މެޑިކަ އަށް ލިބިފައިވާއިރު އެކްސަލެންސް އިން ޕްރޮފެޝަނަލް ސަރވިސަސް އެވޯޑް އެމްއެޗްޕީއޭ އެލްއެލްޕީ އަށް ވަނީ ލިބިފައެވެ. އަދި ޕަބްލިކް އެންޓަޕްރައިޒް އޮފް ދަ އިޔަރގެ އެވޯޑް މިއަހަރު ދިރާގަށް ލިބިފައިވާއިރު އިނޮވޭޓިވް ބިޒްނަސް އޮފް ދަ އިޔަރގެ އެވޯޑް މިއަހަރު ލިބިފައިވަނީ އެލައިޑް އިންޝުއަރެންސް އަށެވެ.
މީގެއިތުރުން އެލައިޑް ޕްރެސެންޓްސް އެމްޕްލޮޔަރ އޮފް ދަ އިޔަރ އެމްޑަބްލިޔުއެސްސީ އަށް ލިބިފައިވާއިރު ، އެފްޑީއައި އޮފް ދަ އިޔަރ އެވޯޑް އުރީދޫ މޯލްޑިވްސްއަށް ވަނީ ލިބިފައެވެ. އަދި ދިރާގު ޕްރެސެންޓްސް އެމްއެސްއެމްއީ އޮފް ދަ އިޔަރ އެވޯޑް އެމްބަރ ފަޔަރ އެންޑް ސޭފްޓީ އަށް ލިބިފައިވާއިރު ޔަންގް އެންޓްރަޕްރެނެއަރ އޮފް ދަ އިޔަރގެ އެވޯޑް މިއަހަރު ލިބިފައިވަނީ އަލީ ހާރިސް އަށެވެ. އަދި ބިޒްނަސް ވުމަން އޮފް ދަ އިޔަރގެ އެވޯޑް ރާއިދާ ޝަފީގަށް ލިބިފައިވާއިރު އިންސްޕިރޭޝަނަލް ލީޑަރ އޮފް ދަ އިޔަރގެ އެވޯޑް އަބްދުލް މަޖީދަށް ވަނީ ލިބިފައެވެ. އަދި އެންޓްރަޕްރެނެއަރ އޮފް ދަ އިޔަރގެ އެވޯޑް މަޝްހޫރު ވިޔަފާރި ވެރިޔާ މުހައްމަދު އަލީ ޖަނާހަށް ވަނީ ލިބިފައެވެ.
ބްލޭޒަން އިންކް އިން ބުނީ މިއަހަރުގެ އެވޯޑަށް ވާދަކޮށް ޖުމްލަ 185 ފަރާތަކުން ތަފާތު ދާއިރާތަކުން އެޕްލިކޭޝަންތައް ފޮނުވާފައިވާއިރު އެ އެޕްލިކޭޝަންތަށް އިންސާފްކޮށްދިނުމުގެ މަސައްކަތުގައި ޖަޖުން 100 ގަޑިއިރަށްވުރެ ގިނައިރު ހޭދަކޮށްފައިވާ ކަމަށެވެ.
މި އެވޯޑް ހަފްލާ ވާހަކަދައްކަވަމުން ބްލޭޒަން އިންކްގެ ސީއީއޯ ހަސަން ހިލްމީ ވިދާޅުވީ އެވޯޑްތައް ދޭން ނިންމި ބައެއް ދާއިރާތަކުން މިއަހަރު އެވޯޑްދީފައިނުވާ ކަމަށާއި އެގޮތަށް ނިންމީ އެވޯޑްތައް ދިނުމުގައި އިންސާފުވެރިވުމަށް ކަމަށެވެ. އަދި މި އެވޯޑް ހަފްލާ އަންނަ އަހަރުގެ ވެސް ކުރިއަށްދާނެ ކަމަށް ހަސަން ވިދާޅުވިއެވެ.
މޯލްޑިވްސް ބިޒްނަސް އެވޯޑް 2018 ބާއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ