ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ބާތިލްކޮށް އޭނާ މިނިވަން ކުރުމުން ރައީސް މައުމޫނު އަބްދުލް ގައްޔޫމު މަރުހަބާ ދަންނަވައިފިއެވެ.
ރައީސް މައުމޫނު ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާސިމްގެ މައްޗަށް ކުރެވުނު ޖިނާއީ ތުހުމަތްތައް ހައިކޯޓުން ބާތިލްކުރުމުން ވަރަށް ބޮޑަށް އުފާ ކުރައްވާ ކަމަށެވެ. Al-hamdhu lillah. Very happy that Jumhoory Party Leader Hon @qasimibrahim has been acquitted by the High Court. Congratulations! pic.twitter.com/GRmShXL0kB— Maumoon Abdul Gayoom (@maumoonagayoom) October 22, 2018ރައީސް މައުމޫނުވެސް ވަނީ ހައިކޯޓުން މިނިވަން ކޮށްފައެވެ.
މިހާރު ކަފާލާތުގެ ދަށުން ބަންދުން މިނިވަން ވެފައިވާ ގާސިމްގެ މައްޗަށް ރިޝްވަތުގެ ކުށް ސާބިތުވެ ކްރިމިނަލް ކޯޓުން ހުކުމްކުރީ ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށެވެ. ނަމަވެސް ދެންމެ ހައިކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށް ގާސިމް އިބްރާހިމް މިނިވަން ކޮށްފައެވެ.
ގާސިމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ބާތިލް ކޮށްފައި ވަނީ އެ ހުކުމަކީ އުސޫލުން ބޭރުން ކޮށްފައިވާ ހުކުމެއް ކަމަށް ކަނޑައަޅައެވެ.
ގާސިމް މިނިވަންވިއިރު އޭނާ ހުންނެވީ ކަފާލާތުގެ ދަށުން ހުކުމް ތަންފީޒު ކުރުމުން ވީއްލިގެންނެވެ.
އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އެއް ވައުދަކީ ސިޔާސީ ކުށްވެރިން ވެރިކަމާއި ހަވާލުވުމާއެކު މިނިވަން ކުރުމެވެ. އިންތިހާބު ރައީސް އިބޫ ވެރިކަމާއި ހަވާލުވުމުގެ ކުރިން ކޯޓުތަކުން ދަނީ ސިޔާސީ ގިނަ ކުށްވެރިންތަކެއް މިނިވަން ކުރަމުންނެވެ. އެގޮތުން ފާރިޝް މައުމޫނާއި ގާސިމްގެ ދަރި ސިޔާދު ގާސިމްވެސް ހިމެނެއެވެ.
ގާސިމް ދޫކޮށްލުމުން ރައީސް މައުމޫނުގެ މަރުހަބާ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ