10 ސްކޫލު އިތުުރަށް އަޅާ ވާހަކައެއް ނުބުނަން: އެޑިއުކޭޝަން މިނިސްޓަރު

މާލޭގައި އިތުރަށް 10 ސްކޫލު އަޅަން ނިންމައިފައިވާ ކަމަށް ވިދާޅުވެފައިނުވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ. އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސްކޫލުތައް އެއް ދަންފަޅިއަށް ބަދަލުކުރުމާބެހޭގޮތުން އޭނާ ދެއްކެވި ވާހަކަތައް ބައެއް މީޑިއާގައި އޮޅުވާލައިފައިވާ ކަމަށެވެ. "އަޅުގަނޑު ދެންނެވީ މާލެ ސަރަހައްދުގައި އިތުރު 10 ސްކޫލް އަޅަން ނިންމި ވާހަކައެއް ނޫން. އެގޮތަށް އޮޑިޓް އިން ދެއްކި ވާހަކަ. ދިރާސާއަކުން ދައްކާ ގޮތުގައި ސްކޫލެއް ފުރިހަމަ ގޮތުގައި ހިންގުމަށް ސްކޫލު ސައިޒް 800-1000ގައި ބަހައްޓަން ޖެހޭ،" މިނިސްޓަރު ވިދާޅުވިއެވެ. Alhugandumen dhennevee Male' sarahadhhugai ithuru 10 school alhan nimmi vaahakaehnoon. Egothah audit in dhekki vaahaka. Dhiraasaathakun dhakkaa gothugai school eh furihama gothugai hingumah school size 800 -1000 gai bahattan jehey (2/2) — Aishath Ali (@aisthly) February 12, 2019 އެއްދަންފަޅިއަށް ސުކޫލްތައް ބަދަލުކުރުމަށް ބޭނުންވާ ވަސީލަތްތައް ދެނެގަތުމަށް ތައްޔާރު ކުރި އޮޑިޓް ރިޕޯޓް އާންމުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝަރުމާ ނަސީރު ވިދާޅުވީ މާލާގެ ސްކޫލުތައް އެއްދަންފަޅިއަށް ބަދަލުކުރުމުގައި ގޮންޖެހުންތައް އެބަހުރި ކަމަށެވެ. އެގޮތުން އެންމެ ބޮޑު ގޮންޖެހުމަކީ ސްކޫލުތަކުގައި އިތުރު ކްލާސްރޫމްތައް އަޅާނެ ޖާގަނެތުން ކަމަށް އޭނާ ވިދާޅުވިއެވެ. "ތޭރަ ސްކޫލެއް އެއް ދަންފަޅި ކުރާއިރު އޮތް ހަމައެކަނި ހައްލަކީ އިތުރު ސްކޫލުތަކެއް މާލޭ ސަރަހައްދުގައި ގާއިމްކުރުން. އަޅުގަނޑުމެންގެ ޕްރޮގްރާމްގެ ތެރެއިން މާލެ އިތުރު 10 ސްކޫލެއް ބިނާކުރުމަށް ރާވަމުން މިދަނީ،" ޝަރުމާ ވިދާޅުވި އެވެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ރޭ ވިދާޅުވީ 10 ސްކޫލު އަޅާނީ އެފަދަ އެއްދަންފަޅިއަށް ހިންގާ ސްކޫލުތައް ނަމޫނާ ސްކޫލަކަށް ބަލައިގެން ބެސްޓް ޕްރެކްޓިސްއާ އެއްގޮތަަށް ކަމަށާއި އަދި އެ ސްކޫލުތަކަށް ކުދިން ދާނީ ދާހިތުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. "މި 10 ސްކޫލުގެ ކޮންސެޕްޓް މިހާރު މި ހުންނަ ސްކޫލުތަކާ ވަރަށް ތަފާތުވާނެ،" ޑރ. އައިޝަތު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ