ދައުލަތުގެ ބަޖެޓް 20 ބިލިއަން ރުފިޔާއަށް މަތި ކުރާނަން - ގާސިމް

ޖުމްހޫރީ ގުޅުމުގެ ވެރިކަމެއްގައި ދައުލަތުގެ ބަޖެޓް 20 ބިލިއަން ރުފިޔާއަށް މަތިކުރައްވާނެ ކަމަށް އެގުޅުމުގެ ރިޔާސީ ކެނޑިޑޭޓް އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އދ. ދަނގެތީގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި މާމިގިލީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވީ ޖުމްހޫރީ ގުޅުމުގެ ވެރިކަމެއްގައި ބަޖެޓް 20 ބިލަން ރުފިޔާއަށް މަތިކުރައްވާނެ ގޮތް އެނގިވަޑައިގަންނަވާ ކަމަށާއި އެކަން ކުރެވޭނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.
މީގެއިތުރުން ގާސިމް ވިދާޅުވީ ގައުމުގެ ހާލަތު، ހާއްސަކޮށް އިގްތިސާދު އޮތީ ވަރަށް ދަށު ދަރަޖައެއްގައި ކަމަށާއި ދައުލަތުގެ ހުރިހާ ދާއިރާއަކުން ގޮވަމުންދަނީ ބަޖެޓް ނެތިގެން ކަންކަން ނުކުރެވި ހުރި ވާހަކަ ކަމަށެވެ.
ޖުމްހޫރީ ގުޅުމުގެ ވެރިކަމެއް އަތުވެއްޖެ ނަމަ ފައިސާ ހޯދޭކަން ދައްކާނެ ކަމަށާއި އެކަން ކުރާނީ "ގައުމުން އެންމެ އަކަ އިންޗިއެއް ވެސް ވިއްކާނުލައި" ކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމް އިތުރަށް ވިދާޅުވީ މްހޫރީ ގުޅުމުގެ ވެރިކަމެއްގައި ރައްޔިތުންނަށް އުފާފާގަތިކަން ހޯއްދަވައިދެއްވާނެ ކަމަށާއި ޖުމްހޫރީ ގުޅުމުން ކުރާނީ ރައްޔިތުންގެ ހަގީގީ ވެރިކަމެއް ކަމަށެވެ.
އިސްލާމް ދީނުގެ އަސާސްތައް ރާއްޖޭގައި ދަމަހައްޓައި މިނިވަން ފުރިހަމަ ގައުމެއްގެ ގޮތުގައި ރާއްޖެ ދަމަހައްޓާނެ ކަމުގެ ސައްތައިން ސައްތަ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށް ވެސްރޭ ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ