މެމްބަރު އަބްދުﷲ އަހުމަދަށް އީސީން ޖަވާބުދާރީވުން ލާޒިމް: ރައީސް ނަޝީދު

ރައްޔަތުން މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) އަށް އިލެކްޝަންސް ކޮމިޝަނުން ޖަވާބުދާރީވުން ލާޒިކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އީސީ އަށް އަބްދުﷲ އަހުމަދު ފޮނުއްވި ސިޓީ އަށް އެ ކޮމިޝަނުން ޖަވާބުދާރީވުން ލާޒިމްކަމަށެވެ. އެމަނިކުފާނު ކުރެއްވި ޓުވީޓުގައި އަބްދުﷲ އަހުމަދު އީސީއަށް ފޮނުއްވި ސިޓީވަނީ އެޓޭޗްކޮށްފައެވެ.
އެ ސިޓީގައި އަބްދުﷲ އަހުމަދު ވިދާޅުވީ، އެބޭފުޅާއަކީ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރުކަމަށް އިންތިހާބުކޮށްފައިވާ މެމްބަރެއް ކަމަށާއި، އެބޭފުޅާ އެ ޒިންމާ އާއި މަސްއޫލިއްޔަތު އަދާކުރަމުން އަންނަކަމަށެވެ.
އެހެންނަމަވެސް އެ ސިޓީގައި އަހުމަދު އަބްދުﷲ ވިދާޅުވީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން އެބޭފުޅާ ވަކިވާން އެދިފައިވާތާ އެތައް ދުވަހެއް ފަހުން އެޕާޓީން ސުލޫކީ މައްސަލައެއް ބަލާ އެބޭފުޅާ ޕާޓީން ވަކިކޮށްފައިވާކަން އީސީއަށް އަންގާފައިވާ ކަމަށެވެ. އެގޮތުން ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ހުކުމަށް ރިޔާއަތްކޮށް އެބޭފުޅާ ތަމްސީލްކުރާ ގޮނޑި ހުސްވެފައިވާކަމަށް މައުލޫމާތު ލިބިފައިވާކަމަށްވެސް އަހުމަދު އަބްދުﷲގެ ސިޓީގައި ވަނީ ވިދާޅުވެފައެވެ.
އެގޮތުން ރައްޔަތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން ލިބެންޖެހޭ އިމްތިޔާޒްތަކާއި އިނާޔަތްތަކާއި އަދި ރައްކާތެރިކަން ނިގުޅައިގަނެފައިވާކަމަށްވެސް އަހުމަދު އަބްދުﷲ ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ރައްޔަތުންގެ މަޖިލީހުގައި ތަމްސީލްކުރަމުން އައި ގޮނޑި ހުސްވެފައިވާނަމަ އެކަން ރަސްމީ ސިފައެއްގައި އަންގާފައިނުވާކަމަށްވެސް އަހުމަދު އަބްދުﷲ ސިޓީގައި ވަނީ ވިދާޅުވެފައެވެ.
މެންބަރު އަބްދުﷲ ގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން މިދިޔަ ސެޕްޓެމްބަރު މަހުގެ ފަސް ވަނަ ދުވަހު ކަނޑައަޅާފައިވާއިރު، އެބޭފުޅާ ވަނީ މިދިޔަ ޖުލައި މަހުގެ 10 ވަނަ ދުވަހު ޕީޕީއެމް އިން ވަކިވެވަޑައިގެންފަ އެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ