އޭއެފްސީ ކަޕް: ދެވަނަ ބުރުގައި ނިއުއާ ދެކޮޅަށް ކުޅޭ ޓީމަކަށް ސެލަންގޯރު

އޭއެފްސީ ކަޕުގެ ދެވަނަ ބުރުގައި ރާއްޖޭގެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅޭ ޓީމަކަށް މެލޭޝިޔާގެ ސެލަންގޯރު އެފްސީ ހޮވިއްޖެ އެވެ.
މިމެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 15 ވަނަ ދުވަހުގެ ހަވީރު 4:00 ގައި ގަލޮޅު ރަސްމީ ދަނޑުގައެވެ. އަދި މެޗުން މޮޅުވާ ޓީމެއް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރު ކުރާނެއެވެ.
ނިއުއާ ދެކޮޅަށް މާލޭގައި ކުޅޭ މެޗަށް ސެލަންގޯރު ދަތުރު ކުރީ އޭއެފްސީ ކަޕްގެ ގްރޫޕް އެޗްގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އަދި ނިއު ދެވަނަ ބުރަށް ދަތުރު ކުރީ ގްރޫޕް އެފްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.
މެލޭޝިޔާ ލީގުގެ ހަތަރުވަނައިގައި އޮތް ސެލަންގޯރާ ދެކޮލަށް އަމިއްލަ ދަނޑުގައި ނިއުރޭޑިއަންޓު ނުކުންނަ އިރު، އޭއެފްސީ ކަޕްގެ ދެ ވަނަ ބުރުން ނިއު އެންމެ ފަހުން ޖާގައެއް ހޯދާފައި ވަނީ 2005 ވަނަ އަހަރުއެވެ. އަދި މިފަހަރު ނިއު ދެވަނަ ބުރުން ޖާގަ ހޯދީ 15 ޕޮއިންޓާ އެކު މުބާރާތުން އެންމެ ގިނަ ޕޮއިންޓް ހޯދި ޓީމުގެ ގޮތުގައި ކަން ފާހަގަ ކޮށްލެވެއެވެ.
އަދި ސެލަންގޯރު ޓީމު ވަނީ މީގެ ކުރިން 2006 ވަނަ އަހަރު އޭއެފްސީ ކަޕުގެ ކުއާޓާ ފައިނަލް ކުޅެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ