ޗިލީ ސޯސް ޖަހާ ބައްޕަގެ ތުނބުޅި ބޭލީ މައުމޫން ނޫން ގޮތެއް ހޯދަން އުޅުމުން: އަމްރު

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ޙުސެއިން އަމްރުގެ ބައްޕަގެ ތުނބުޅީގައި ޗިލީ ސޯސް ޖަހައި ބޭލީ، ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ނޫން ގޮތެއް ހޯދަން އުޅުމުން ކަމަށް އަމްރު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމުގައި ރައީސް މައުމޫން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނުގެ ވެރިކަމުގައި ކުށްވެރިން އަނދަގޮޑި ޖެހުން ހުއްޓުވައިލިކަމަށް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ.
އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދަށް ޖަލުގައި އަނިޔާ ނުކުރައްވާ ކަމަށްވެސް ރައީސް މައުމޫންވަނީ ވިދާޅުވެފައެވެ.
މައުމޫން މިފަދައިން ވިދާޅުވުމާއި ގުޅިގެން، އަމްރު ވިދާޅުވީ، މައުމޫނުގެ ނަން ނޫން އެހެން ނަމެއް ރައްޔިތުންނާ ހަމަޔަށް ގެންނަން މަޖިލިސް ތެރެއިން މަސައްކަތް ކުރުމުން އަމްރުގެ ބައްޕަ ޖަލަށްލާ ދިން އަނިޔާ ތަކުގެ ތެރޭގައި ރުކެއްގަ ބިޑި އަޅުވާ ޗިލީ ސޯސް ޖަހާ ތުނބުޅި ބޭލި ކަމަށެވެ.
އަދި ރައީސް ނަޝީދަށް ވެސް އެތައް ބައިވަރު ބޮޑެތި އަނިޔާތައް ކުރިކަން އެނގިވަޑައިގަންނަވާ ކަމަށް އަމްރު ޓްވިޓާގައިވަނީ ވިދާޅުވެފައެވެ.
ރައީސް މައުމޫންގެ ދިގު 30 އަހަރުގެ ވެރިކަން ނިމުމަކަށް ގެނައުމަށް ރައީސް ނަޝީދުވަނީ ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވާ އޭރު އެކަން ކާމިޔާބު ކުރައްވާފައެވެ.
ނަމަވެސް، ދެ ހަތުރުން ގޮތުގައި ތިއްބެވި ދެ މި ދެ ބޭފުޅުން، 2018 ގެ ރިޔާސީ އިންތިޚާބުގަައި ރައީސް ޔާމީން ބަލި ކުރުމަށް، އެއްގަލަކަށް އަރާ އެކުގައި ސިޔާސީ މަސައްކަތް ފެއްޓެވިއެވެ.
ނަމަވެސް، ރައީސް މައުމޫނަށް އަމާޒުކުރާ ބަހުގެ ހަމަލާތައް ރައީސް ނަޝީދު ވެސް، އަދި އެމްޑީޕީގެ އިސް މެންބަރުން ވެސް ގެންދަވަނީ އެކި ދުވަސްތަކުގައި ތަކުރާރު ކުރައްވަމުންނެވެ.
ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ރައީސް މައުމޫންވަނީ، ރައީސް ޔާމީނަށް އަލުން ރިޔާސީ އިންތިޚާބުގައި ވާދަ ކުރެވިގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ.
އެއާއި ގުޅިގެން ޕީޕީއެމްގެ އެކި ފަރާތްތަކުން ވެސް އަންނަނީ މަޢުމޫންގެ ވާހަކަތަކަށް ރައްދު ދެމުންނެވެ. އޭގެ ތެރޭގައި ރައީސް މައުމޫންގެ ދަރިކަނބަލުން ޣައްސާން މައުމޫންވެސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ