އިދިކޮޅު ކެމްޕެއިންގައި ގދ ގައްދޫ ގައި ހަރަކާތްތެރިވަމުން ދަނިކޮށް މިއަދު ފުލުހުން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމިތު އާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދު ދޫކޮށްލައިފިއެވެ.
މެމްބަރު އަބްދުﷲ އާއި އަމީތު ދޫކޮށްލާފައިވަނީ މިރެއެވެ. ދެ މެމްބަރުން މިއަދު ހައްޔަރުކޮށްފައިވަނީ ހުވަދު އަތޮޅަށް ރައީސް ޔާމީން މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގައްދޫއަށް ރައީސް ޔާމީން ވަޑައިގެންނެވުމުގެ ވަގުތުކޮޅެއް ކުރިންނެވެ.
އިދިކޮޅު ޕާޓީތަކުން ބުނީ މެމްބަރު އަބްދުﷲ އާއި އަމީތު ހައްޔަރުކޮށްފައިވަނީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހަށް ތާއީދު ހޯއްދެވުމަށް ގައްދޫގައި ދޮރުން ދޮރަށް ހިންގަވަމުން ގެންދަވަނިކޮށް ކަމުގައެވެ.
ނަމަވެސް މި ކަމާއި ގުޅޭގޮތުން ފުލުހުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.
މެމްބަރު އަބްދުﷲ އާއި އަމީތު ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ