ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ޗުއްޓީ ހޭދަކޮށްލެއްވުމަށް ސްރީލަންކާއަށް ކުރައްވާ ދަތުރުފުޅުގައި އެ ގައުމުގެ ރައީސް މަހިންދަ ރާޖަޕަކްސާއާ ބައްދަލު ކުރައްވާނެ ކަމަށް ސަރުކާރު ހިންގާ ޕީޕީއެމުން ބުނެފި އެވެ.
ވޭތުވެދިޔަ ތިން އިންތިހާބަށްފަހު ޗުއްޓީ ހޭދަކޮށްލެވުމަށް ލަންކާއަށް ރައީސް މައުމޫން މިއަދު ފެއްޓެވި ދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ރައީސް މައުމޫން އޮފީހުން ބުނީ އެމަނިކުފާނުގެ އެ ދަތުރުފުޅަކީ ކޮމަންވެލްތުގެ ސަގާފީ މުއްސަނދިކަން ފާހަގަ ކުރުމަށް ލަންކާގެ ސިންހަޅަ އަދި ތަމަޅަ އައު އަހަރާ ގުޅިގެން މި މަހުގެ 26 ގައި އެ ގައުމުގައި ބާއްވާ ހަފްލާ ރައީސް މައުމޫން ޝަރަފުވެރިކޮށްދެއްވާނެ ކަމަށެވެ.
ނުރަސްމީ ދަތުރުފުޅަށް ފުރައިވަޑައިގަތުމުގެ ނޫސްވެރިންނަށް މައުލުމާތު ދެއްވަމުން ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމްގެ ކޮންގްރެސް އެންމެ އަވަހަށް ދެން ބާއްވާނީ އަންނަ އަހަރުގެ ޖުލައި މަހުގައި ކަމަށެވެ.
"ޕީޕީއެމްގެ ކޮންގްރެސް ބާއްވަންޖެހޭނީ ކޮންމެ ދެ އަހަރަކާއި ބައިން ކަމަށާއި އެންމެ ފަހުން ޕާޓީގެ ކޮންގްރެސް ބާއްވާފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަަރީގައި ކަމަށްވުމާއެކު ދެން އެންމެ އަވަހަށް ކޮންގްރެސް ބާއްވަންޖެހޭނީ 2015 ވަނަ އަހަރުގެ ޖުލައި ހިސާބުގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ." މީޑިއާތަކަށް ޕީޕީއެމުން ފޮނުވި ލިޔުމެއްގައިވެ އެވެ.
ޗުއްޓީއަކަށް މައުމޫން ލަންކާއަށް ވަޑައިގެން ރާޖަޕަކްސާއާ ބައްދަލު ކުރައްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ