ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމް ބުރުނާއީއަށް ފުރާވަޑައިގަންނަވައިފި

އޭޝިއާ ފެސިފިކް ޗީފް އޮފް ޑިފެންސް ކޮންފަރެންސް (ޗޮޑް) ގައި ބައިވެރިވެ ވަޑައިގަތުމަށްޓަކައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް ބުރުނާއީއަށް ފުރާ ވަޑައިގަންނަވައިފިއެވެ.އެމްއެންޑީއެފް އިން ވިދާޅުވީ އޭޝިއާ ފެސިފިކް ސަރަހައްދު ޤައުމުގެ އަސްކަރިއްޔާގެ އެންމެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވާ މިކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ ބުރުނާއީގެ ދާރުއްސަލާމްގައި މިމަހުގެ 3 އިން 6 އަށް ކަމަށެވެ.މިކޮންފަރެންސްގައި ސަރަހައްދީ ޤައުމުތަކުގެ ސަލަމާތާ ރައްކާތެރިކަމާއި ގުޅޭ ގޮތުން ކޮންފަރެންސްގެ ބައިވެރިންގެ މެދުގައި މަޝްވަރާ ކުރެވޭނެ ކަމަށާއި މިކޮންފަރެންސްގައި ޗީފް އޮފް ޑިފެންސް ފޯސް ތަޤްރީރު ކުރެއްވުމަށްވަނީ ހަމަޖެހިފައި ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތު ދެއްވައެވެ.ޗީފް އޮފް ޑިފެންސް ފޯސް ބުރުނާއީއަށް ފުރާ ވަޑައިގަތުމަށް އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓަށް ވަޑައިގަތުމުން އެމަނިކުފާނަށް އަލްވަދާޢު ވިދާޅުވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަޙްމަދު މުޙައްމަދާއި ޑިޕާޓްމަންޓް އޮފް އިންޓަރނޭޝަނަލް ޑިފެންސް ކޯޕަރޭޝަން އެންޑް ޕޮލިސީގެ ޑިރެކްޓަރ ޖެނެރަލް ބްރިގޭޑީއާ ޖެނެރަލް އަޙްމަދު ޝާހިދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ