ގާސިމް އައްޑު އަތޮޅުގައި

ޖުމްހޫރީ ގުޅުމުން އައްޑޫ ސިޓީގައި ބާއްވާ ބޮޑު ޖަލްސާ އައްޑު އަތޮޅު އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ގައި މިރޭ ބާއްވާނެ އެވެ. ޖުމްހޫރީ ގުޅުމުން ބުނީ ޖުމްހޫރީ ގުޅުމުން އައްޑޫގައި ބާއްވާ ޖަލްސާއަކީ ހާއްސަ ޖަލްސާއެއް ކަމަށާއި ކަމަށާއި މިރޭ 9.00 ޖަހާއިރު ބާއްވާ އެ ޖަލްސާގައި އައްޑު އަތޮޅުގެ ގިނަ ބަޔަކު ބައިވެރިވާނެ ކަމަށެވެ. އަދި ޖުމްހޫރީ ގުޅުމުގެ ޖަލްސާއަކީ "އައްޑޫ ފަތަހަ ކުރަން" ބާއްވާ ބޮޑު ޖަލްސާ ކަމަށެވެ. މިރޭގެ ޖަލްސާއަކީ މި މަހުގެ 16 ވަނަ ދުވަހުގެ ރޭ މާލޭގައި ބޭއްވި ފަދަ ބޮޑު ޖަލްސާއެއް ކަމަށާއި ޖަލްސާއިން އިދިކޮޅު ފަރާތްތަކަށް ބޮޑު މަންޒަރު ފެނިގެން ދާނެ ކަމަށް ވެސް ޖުމްހޫރީ ގުޅުމުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ