ރިޔާސީ ޕްރައިމަރީގައި ވޯޓުލެވޭނީ އޭޕްރީލް 12 ވަނަ ދުވަހާ ހަމައަށް ރަޖިސްޓްރީގައިވާ މެމްބަރުންނަށް

އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑިޕީގެ އިންތިހާބު ތަކުގެ ތެރެއިން ރިޔާސީ ޕްރައިމަރީއާއި ޗެއަރޕާސަނަކު ހޮވުމަށް ބާއްވާ އިންތިހާބުގައި ވޯޓްލެވޭނީ އޭޕްރީލް ބާރަ ވަނަ ދުވަހާއި ހަމައަށް ޕާޓީގައި ރަޖިސްޓްރީ ކުރެވިފައިވާ މެމްބަރުންނަށް ކަމަށް އެޕާޓީން ބުނެފި އެވެ.
ޑެޕިއުޓީ ސެކެޖެރެޓަރީ ޖެނެރަލް އަހުމަދު އަކުރަމް ވިދާޅުވީ ޖޫން 16ގައި ބާއްވާ ހަތް އިންތިހާބެއްގައި 16 ފަރާތަކުން ބައިވެރިވާ ކަމަށެވެ. އަދި އެއިންތިހާބުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި 260 ވޯޓް ފޮށި ބަހައްޓައި އެފޮށިތައް ބެލެހެއްޓުމަށް ހާހަކަށްވުރެ ގިނަ އޮފިޝަލުން ހަރަކާތްތެރި ވަމުންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރިޔާސީ ޕްރައިމަރީއާއި ޗެއަރޕާސަން އިންތިހާބުގެ އިތުރުން އެދުވަހު ބޭވުމަށް ހަމަޖެހިފައިވާ އިތުރު އިންތިހާބުތަކަކީ ޗެއަރޕާސަންގެ ނާއިބު އިދާރީ އާއި، ދާއިރާ ރައީސް އަދި ދާއިރާގެ ނައިބު ރައީސްގެ އިންތިހާބާއި، ދާއިރާގެ ސެކްރެޓަރީން އަދި ސެކްރެޓަރީންގެ ނާއިބުންގެ އިންތިހާބެވެ.
އިންތިހާބުގައި ވޯޓްލެވޭ މީހުންގެ ލިސްޓް ޕާޓީގެ އޮފީހުންނާއި ޕާޓީގެ ވެބްސައިޓުން ލިބޭނެ ކަމަށް އެޕާޓީން ބުނެއެވެ. އަންނަ މަހު ބާއްވާ އިންތިހާބު އޮބްޒޯވްކުރަން އެދޭ ފަރާތްތަކަށް ވެސް މިހާރު ވަނީ ހުޅުވާލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ