ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖޭގެ ރައްޔިތުންނަށް އޮން އެރައިވަލް ވިސާ ދޭން ނިންމައިފިއެވެ.މިކަން އިއުލާން ކޮށްފައިވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޚާރިޖީވަޒީރު އަބްދުﷲ ޝާހިދުއެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހިދު ވިދާޅުވީ ސައުދީ އިން މިގޮތަށް ނިންމުމުން، އުމްރާގެ އަޅުކަން އަދާ ކުރުމަށް އަދި ޗުއްޓީ ހޭދަކުރުމަށް ސައުދީ އަށް ދަތުރުކުރާ ދިވެހިރައްޔިތުންނަށް އޮން އެރައިވަލް ވިސާ ލިބޭނެ ކަމަށެވެ. ނަމަވެސް މި ވިސާގެ ދަށުން ހައްޖުގެ އަޅުކަން އަދާކުރުމާއި، ސައުދީ އަރަބިއްޔާގައި ވަޒީފާ އަދާކުރުމުގެ ފުރުަސަތު ނުލިބޭނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ރާއްޖެއަކީ ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން މިގޮތަށް ވިސާ ލިބޭ ހަމައެކަނި ޤައުމުކަން ފާހަގަކުރެވެއެވެ. މިއަދެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ޝާހިދު ވަނީ ސައުދީގެ މި ނިންމުމަށްޓަކައި ސައުދީ ރަސްގެފާނަށާއި ވަލީއަހުދަށް ޝުކުރު ދަންނަވާފައެވެ. މިދިޔަ އަހަރު ސައުދީ އަރަބިއްޔާއިން ވަނީ އެ ޤައުމު ފަތުރުވެރިކަމަށް ހުޅުވާލުމުގެ ގޮތުން ގިނަ ޤައުމުތަކުގެ ރައްޔިތުންނަށް އޮން އެރައިވަލް ވިސާ ދޭން ނިންމާފައެވެ. އޭރު ދިވެހިރާއްޖެއަށް މި ފުރުސަތު ސައުދީ އިން ނުދިނީ ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާ އާއި ދެމެދު ގުޅުން ހީނަރުވެފައި އޮތުމުން ކަމަށް ޚާރިޖީ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވިއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
    
    ސައުދީ އިން ދިވެހި ރައްޔިތުންނަށް އޮން އެރައިވަލް ވިސާ ދޭން ނިންމައިފި
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
             
             
            