ސުޕްރީމް ކޯޓަށް މިއަދު ފަނޑިޔާރަކު އައްޔަން ކުރާނެ

ސުޕްރީމް ކޯޓުން ހުސްވެފައިވާ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަން ކުރާނެ ބޭފުޅަކު ކަނޑައަޅަން ރައްޔިތުންގެ މަޖިލީހުގެ މިއަދު ވޯޓަށް އަހަން އެޖެންޑާ ކޮށްފިއެވެ.
ސުޕްރީމް ކޯޓަށް އައްޔަން ކުރަން ރައީސް ޞާލިހް މަޖިލީހަށް ފޮނުވީ ޑްރަގް ކޯޓުގެ ގާޒީ މަހާޒް ޢަލީ ޒާހިރާއި ކުރީގެ ބަންޑާރަ ނައިބު ފާތުމަތު ދިޔާނާ ސަޢީދުގެ ނަންފުޅެވެ. ސުޕްރީމް ކޯޓަށް އައްޔަން ކުރައްވާނީ އެ ދެބޭފުޅުންގެ ތެރެއިން ކޮންމެވެސް އެއް ބޭފުޅެކެވެ.
މަހާޒް އާއި ދިޔާނާގެ ނަން ދިރާސާ ކުރުމަށް ފޮނުވި މަޖިލީހުގެ ޖުޑީޝަލް ކޮމެޓީގެ ރިޕޯޓް މިއަދުގެ ޖަލްސާއަށް ހުށަހަޅާ ފަނޑިޔާރެއްގެ މަގާމަށް މިއަދު ބޭފުޅަކު އައްޔަން ކުރާނެއެވެ. މިއަދު ސުޕްރީމް ކޯޓަށް ދިޔާނާ އައްޔަން ކުރައްވައިފިނަމަ ސުޕްރީމް ކޯޓުގެ ބެންޗްގައި ތިއްބަވާނެ އަންހެން ބޭފުޅުންގެ އަދަދު ތިނަކަށް އަރާނެއެވެ.
އެކޯޓުން ނިންމައިފައިވާ ޤާނޫނު އަސާސީއާ ޚިލާފު ނިންމުންތަކާ ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން މަޖިލީހަށް ފޮނުއްވައިފައިވާ ރިޕޯޓާ ގުޅޭ މައްސަލަ، ޖުޑީޝަރީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ވޯޓަށް އެހުމާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ބާރު، ސުޕްރީމް ކޯޓުން ނިގުޅައިގެންފައިވާކަމށް ބުނެ ހުށަހަޅުއްވައިފައިވާ ޤަރާރާ ގުޅޭ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީން ދިރާސާ ކޮށް ނިންމިގޮތުގެ ރިޕޯޓަށް ވޯޓަށް އެހުން ވެސް މިއަދު އޮންނާނެއެވެ.
ކްރިމިނަލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކާގުޅޭ ރިޕޯޓުގެ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށާއި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ބޭފުޅަކު އައްޔަކުރެއްވުމަށް ވެސް މިއަދު ވޯޓަށް އަހާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ