މުހައްމަދު ނަބީލް މަރަން ކޯޓުން ހުކުމް ކޮށްފި

ލިޔުނީ: އަލީ އަހްސަންއަބްދުﷲ ފަރުހަދު (ސ ހުޅުދޫ، ލިލީމާގެ) މަރާލިކަމަށް ސާބިތުވުމުން އޭނާ މަރާލި މުހައްމަދު ނަބީލް (ގ ރީފް) މަރާލުމަށް ކޯޓުން މިއަދު ހުކުމް އިއްވައިފިއެވެ.މިދިޔަ އަހަރު ކުރީކޮޅު އަންހެން ކުއްޖެއްގެ މައްސަލާގައި ހިންގި މަރާމާރީއެއްގައި އަނިޔާކޮށް ކަޓަރު ހަރާ މަރާލާފައިވާ އަބްދުﷲ ފަރުހަދު މަރާލިކަމުގެ ކުށް މުހައްމަދު ނަބީލްގެ މައްޗަށް ވަނީ ސާބިތުވެފައެވެ. މުހައްމަދު ނަބީލްގެ އިތުރުން އޭނާގެ ކޮއްކޮ ވެސް ވަނީ ބޭބެ ފަރުހަދު ގައިގާ ކަޓަރު އަޅާފައިވާކަމަށް ބުނެ ހެކިބަސް ދީފައެވެ. އެހެނަސް ފަހުން އެދެމީހުންވެސް ވަނީ އެހެކިބަހަށް ދެކޮޅު ހަދާފައެވެ.ގަސްތުގައި މީހަކު މަރައިފިނަމަ އެމީހެއްގެ ހުކުމަކީ އިސްލާމީ ޝަރީއަތުގައި ‘މަރަށް މަރު ހިފުން’ ކަމުގައި ވީތީ ޤާޒީވަނީ އެވާހަކަ ޝަރީއަތުގެ މަޖިލީހުގައިވެސް ވިދާޅުވެފައެވެ. ޤާޒީ އަލީ ރަޝީދު ހުސެއިން ވިދާޅުވީ “ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ އަދަބަކީ މަރަށް މަރު ކަމަށާއި އެކަމަކު އެކަމުގައި ވާރުތަވެރިން ދެކޭ ގޮތް ވެސް ބަލަންޖެހޭ” ކަމަށެވެ. އެހެންކަމުން ކޯޓުންވަނީ މަރުވި އަބްދުﷲ ފަރުހަދުގެ ވާރުތަވެރިންގެ ބަސް ހޯދާފައެވެ. ޤާޒީ ވިދާޅުވަނީ “އަބްދުﷲ ފަރުހަދުގެ ވާރުތަވެރިން ބޭނުންވަނީ މުހައްމަދު ނަބީލަށް މަރުގެ އަދަބު ދޭން” ކަމަށެވެ.އަބްދުﷲ ފަރުހަދު މަރާލުމުގައި ބައިވެރިވި މ ބްލޫލޭކޮލޮޖް އަލި ރަޒީނާއި މ ރޭއަލިވާގޭ އިބްރާހިމް ނައުފަލް އަށް ވަނީ ހަތަރު އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ.މަރަށް މަރު ހިފުމުގެ ‘ހުކުމް’ ކޯޓުން ހުކުމް އިއްވާފައިވާއިރު މިހުކުމް ތަންފީޒް ކުރާނެތޯ މިއީ ގިނަ ބަޔެއްގެ ސުވާލެކެވެ. މީހަކު މަރާލިކަން ސާބިތުވެ، އެކަމަށް މަރާލި މީހާ ހެކިބަސްދީ، ވާރުތަވެރިން މަރުގެ ހުކުމް އިއްވުމަށް ބޭނުންވާހާލު މިކަމަށް ކޯޓުންވެސް އިއްވާފައިވާ ނިޔާ އަކީ މަރުގެ އަދަބެވެ. އަދި މީގެ އިތުރުން ހަތް އުޑުމަތިން ގަސްތުގައި މީހަކު މަރައިފި މީހެއްގެ ހުކުމަކީ ‘މަރު’ ކަމުގައި ނިންމާފައި ވީހިނދު މިކަމަށް އެއްވެސް ފަރާތަކުން ހުރަސް އަޅައިގެން ނުވާނެކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ