ރާއްޖެ މިހާތަނަށް ދުށް އެންމެ ހިތްވަރުގަދަ ފަރސްޓް ލޭޑީއަކީ މެޑަމް ފާތުން – ފުޅަދޫ ރައްޔިތުން

ރާއްޖެ މިހާތަނަށް ދުށް އެންމެ ހިތްވަރުގަދަ ފަރސްޓް ލޭޑީއަކީ މެޑަމް ފާތުން ކަމަށް ބ.އަތޮޅު ފުޅަދޫ ރައްޔިތުން ބުނެފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް އަކީ މިހާތަނަށް ރާއްޖެ ދުށް އެންމެ ހިތްވަރުގަދަ ފަރސްޓް ލޭޑީ ކަމަށާ އެކަމަނާ ގެންދަވަނީ މޫސުމް ގޯސް ދުވަސްވަރު ވެސް ރައްޔިތުންގެ އަރިހަށް ވަޑައިގެން ރައްޔިތުންގެ ހާލު ވަރަށް ގާތުން ބައްލަވަމުން ކަމަށް ބުނެ ބ.އަތޮޅު ފުޅަދޫ ރައްޔިތުންގެ ތައުރީފު މެޑަމް އަށް އަރިސްކޮށްފިއެވެ.
އެންމެ ގާތުން ކެމްޕެއިންގެ ދަށުން މެޑަމް ބ.އަތޮޅުގެ ރަށްތަކަށް ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން މިއަދު ފުޅަދޫ އަށް އެއާ ޓެކްސީ ގައި ވަޑައިގެންނެވިއިރު އެކަމަނާއަށް މަރުހަބާ ދެންނެވުމަށް ރަށުގެ ކުދި ބޮޑު އެންމެން ނިކުމެ ތިއްބެވެ.
މޫސުމް ގޯސްވެ ކަނޑު މަގުން ދަތުރުކުރުމަށް އުދަގޫވުމުންވެސް އެކަމަނާގެ ދަތުރު ކެންސަލްކޮށް ނުލައްވާ މެޑަމްވަނީ ފުޅަދޫ އަށް ވަޑައިގެންފައެވެ.
މެޑަމް އަކީ މިހާތަނަށް ރާއްޖޭގައި ރައްޔިތުންނާ މިހާ ކައިރިން މަސައްކަތްޕުޅު ކުރެއްވި ފުރަތަމަ ފަރސްޓް ލޭޑިއެވެ.
ފުޅަދޫއަށް ވަޑައިގެން މެޑަމް ވަނީ އެރަށުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ އަދި އާއިލާ ތަކާ ވެސް ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން ރަށުގެ ކަނބަލުންނާ ވެސް ވަކިން ބައްދަލުވުމެއް ބާއްވަވާ އެ ކަނބަލުންގެ އިހުސާސްތަކުގެ އަޑުވެސް އައްސަވާފައިވެއެވެ.
ފުޅަދޫގެ އިސްރަށްވެހިންނާ ބައްދަލުކުރެއްވުމަށްފަހު ދެން މެޑަމް ބައްދަލުކުރެއްވީ ރަށުގެ މުއައްސަސާތަކުގެ ވެރިންނާއެވެ.
ކޮންމެ ބައެއްގެވެސް ހުރި ކަންބޮޑުވުންތަކުގެ އަޑު ކަނުލާ އައްސަވާ ރައްޔިތުންނަށް ހުރި ދަތިތައް ވީ އެންމެ އަވަހަކަށް ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެރައްޔިތުންނަށް މެޑަމް ވަނީ އަރުވާފައެވެ.
ޒުވާނުންނަކީ މުޖުތަމަޢުގެ ނޫރުކަމުގައިވާއިރު އެ ޒުވާނުންގެ ވާހަކަވެސް މެޑަމްވަނީ ވަރަށް ކައިރިން އައްސަވާފައެވެ.
ބ.އަތޮޅަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި އެ އަތޮޅުގެ އިތުރު ދެ ރަށަކަށް މިއަދު މެޑަމް ވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ