ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދަރިކަނބަލުން އަދި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ކުރީގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރައްވާ އެމަނިކުފާނަށް ތައުރީފު ކުރައްވައިފި އެވެ.
ރައީސް ނަޝިދާ އެކު ނަންގަވާފައިވާ ފޮޓާ އަކާއި އެކު ދުންޔާ ކުރައްވާފައިވާ ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރައީސް ނަޝީދާއެކު ބޭއްވި ބައްދަލު ކުރެއްވުމަކީ ޝައުގުވެރި އަދި އުއްމީދީ ބައްދަލުވުމެއް ކަމަށެވެ.
ދުންޔާ ވިދާޅުވީ ސިޔާސީ ގޮތުން ރައީސް ނަޝީދާ ހިޔާލު ތަފާތުވީ ނަމަވެސް ރައީސް ނަޝީދު ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަކީ އަބަދުވެސް ބަލައިގަންނަ މަސައްކަތްތަކެއް ކަމަށެވެ.
ދުންޔާ ވިދާޅުވީ މާޒީ ހަނދާން ނައްތާލުމަށްފަހު ދެކޮޅުވެރިކަމާ ބައިބައިވުން ފަހަތައްލާ މިއީ ކުރިއަށް ދާންވީ ވަގުތު ކަމަށާ އަލުން ގުޅުން ބަދަހިކޮށް ޒަހަމުތަކަށް ފަރުވާ ހޯދަން ޖެހިފައިވާ ކަމަށެވެ.
އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ކުރަންވަން ޖެހިފައިވާ މަސައްކަތަކީ ބުރަ މަސައްކަތެއް ކަމަށާ އެހެން ނަމަވެސް ހަތަރު ލީޑަރުން އެކީގައި އެމަސައްކަތް ފެއްޓެވުމުން ލުއި ލިބިގެންދާނެ ކަމަށްވެސް ދުންޔާ ވަނީ ވިދާޅުވެފަ އެވެ.
ދުންޔާ މައުމޫން ރައީސް ނަޝީދާ ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ