ގާސިމް، 2023 ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވައިފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމް ނިންމަވައިފި އެވެ.ޖޭޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލީ މިމަހުގެ 16 ވަނަ ދުވަހު އެވެ. އެ ފުރުސަތު މިއަދު މެންދުރު 12:00 އަށް ހަމަވާނެ އެވެ.ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޖޭޕީން ނިންމީ އެ ޕާޓީގެ ކައުންސިލްގެ 151 ވަނަ ބައްދަލުވުމުގަ އެވެ. ޖޭޕީން މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކުރަން ނިންމާފައިވަނީ ސަރުކާރު ހިންގާ ކޯލިޝަން އެކުގައި އިންތިޚާބަށް ނުކުތުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ދައުވަތު ދެއްވާފައިވަނިކޮށެވެ. އެ މަނިކުފާނު ވަނީ ގާސިމްގެ ތާއީދު ހޯއްދެވުމަށް އޭނާއާ ތަކުރާރުކޮށް ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފައެވެ.އެކަމަކު، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ނުރަސްމީ ގޮތެއްގައި ގާސިމަށް ތާއީދު ކުރައްވައިފައެވެ. އެ މަނިކުފާނަށް ތާއީދުކުރައްވައި މަޖިލީސް މެންބަރުން މިހާރު ގެންދަވަނީ ޖޭޕީއާ ގުޅިގެން ކޯލިޝަން އެއްބަސްވުމެއް ހެދުމުގެ މަސައްކަތް ފަށައިފައެވެ.މީގެ ކުރިން ޖޭޕީއިން ރިޔާސީ އިންތިހާބުގައި 2008 އަދި 2013 ގައި ވާދަކުރި އިރުވެސް ޕްރައިމަރީއެއް ބާއްވާފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ