ޕީއެންއެފްގެ ރައީސަކީ ޔާމީން، ނައިބުންނަކީ ޖަމީލާއި ދަރިކަލުން ޒެއިން!

ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ރައީސްކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން، އަދި އެ ޕާޓީގެ ނައިބުންނަށް ޔާމީން ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި ދަރިކަލުން ޒެއިން އަބްދުالله ޔާމީން ހޮވިއްޖެއެވެ.
އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ޕީއެންއެފްގެ ގައުމީ ޖަލްސާގައި  މަގާމުތަކަށް މެންބަރުން ހޮވިއިރު އެ ޕާޓީގެ ރައީސްކަމަށް ވާދަކުރެއްވީ ޔާމީން އެކަންޏެވެ. އަދި ނައިބުންނަށް ވާދަކުރެއްވީ ޖަމީލާއި ޒެއިން އެކަންޏެވެ.
މީގެ އިތުރުން އެ ޕާޓީގެ އަމީންއާންމު ކަމަށް މިހާރުވެސް އެ ޕާޓީގެ ވަގުތީ އަމީންއާންމު އަދި ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު އިންތިޚާބުވެވަޑައިގެންނެވިއިރު، އެ ޕާޓީގެ ޚަޒާންދާރުކަމަށް އިންތިޚާބުވެވަޑައިގަތީ ޔާމީން ސަރުކާރުގެ ޗީފް އޮފް ސްޓާފް އަދި މިހާރުވެސް ވަގުތީ ޚަޒާންދާރުގެ މަގާމުގައި ހުންނެވި އަހްމަދު މުސްތަފާއެވެ.
ޕީއެންއެފްގެ ދާއިމީ މަގާމުތަކަށް 56 މެންބަރަކު ވާދަކުރެއްވިކަމަށް އެ ޕާޓީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ