ފުލުހުން ގެންދިޔަ ''އިންޑިއާ އައުޓް'' ބެނާ ހޯދައި، ހަރަކާތް އަލުން ފަށަނީ

މީގެ ކުރިން އިދިކޮޅު ޕީއެންސީ/ޕީޕީއެމް އިން އިންޑިއާ ދެކޮޅަށް ކުރިއަށް ގެންދިޔަ ''އިންޑިއާ އައުޓް'' ހަރަކާތް މާދަމާ ފައްޓަވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެއެވެ.
"އިންޑިއާ އައުޓް" ކެމްޕޭނަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި ފެށި ހަރަކާތެކެވެ. ނަމަވެސް އެ ކެމްޕޭނަކީ ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކަނޑައެޅިއެވެ. އަދި ޔާމީންގެ ގެކޮޅުގެ ބޭރުގައި ހަރުކޮށްފައިވާ "އިންޑިއާ އައުޓް" ޖަހާފައިވާ ބޮޑު ބެނާވެސް ފުލުހުން ވަނީ ގެންގޮސްފައެވެ.
އެމްއެންޑީއެފްގެ ހެލިކޮޕްޓަރު ދުއްވާ އިންޑިއާ ސިފައިން އަނބުރާ ގައުމަށް ފޮނުވާލުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މޭމަހުގެ ނިޔަލަށް ރާއްޖޭގައި އިންޑިއާ ސިފައިންގެ އެއްވެސް މީހަކު ނުހުންނާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ