ރެޑްވޭވް 2024 ރޯދަ ސޭލްގެ ނަސީބުވެރިން ހޮވައިފި

ރާއްޖޭގެ އެންމެ ބޮޑު އެއް ސުޕަރމާރކެޓް ޗެއިން ކަމުގައިވާ "ރެޑްވޭވް" ގެ 15 ފިހާރައިގައި 01 ޖެނުއަރީ އިން ހަރޯދައިގެ ނިޔަލަށް ކުރިއަށްގެންދިޔަ "ރެޑްވޭވް ރޯދަސޭލް 2024" ޕްރޮމޯޝަން ނިމި، ޕްރޮމޯޝަންގެ ނަސީބުވެރިން މިއަދު ހޮވައިފިއެވެ. މި ލަކީޑްރޯ ކުރިއަށް ގެންގޮސްފައިވަނީ ރެޑްވޭވް މެގަމޯލް ގައެވެ. އަދި ރެޑްވޭވްގެ ފޭސްބުކް ޕޭޖުން މި އީވެންޓުވަނީ ވަގުތުން ދައްކާފަވެއެވެ. 
މިޕްރޮމޯޝަންގައި ކަސްޓަމަރުންކުރި 500ރ އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއްވަނީ ދޫކޮށްފައެވެ. ރޯދަސޭލް ތެރޭ ރެޑްވޭވް ފޭސްބުކް އަދި އިންސްޓަރ ގްރާމްގައި ކުރިޔަށްގެންދިޔަ "ޝެއަރ އެންޑް ވިން" ޕޮރޮމޯޝަނުން 50އިންޗީގެ ޓީވީ ލިބިގެންދިޔަ ނަސީބުވެރިޔާވެސް މިއަދު ވަނީ ހޮވާފައެވެ. މިއިނާމް ލިބިފައިވަނީ "އައިން ނިޔާ" (Ayin Niya) އަށެވެ. 
މީގެ އިތުރުން އެތައްހާސް ކޫޕަންގެ ތެރެއިން ރެޑްވޭވްގެ ބްރޭންޑްތަކުން 5 އިނާމް ހައްޤުވާ 5 ފަރާތެއްވަނީ ހޮވާފައެވެ. އަދި ދިހަހާސް ރުފިޔާގެ ފައިސާގެ އިނާމް ހައްޤުވާ 10 ފަރާތެއްވެސްވަނީ ހޮވާފައެވެ. އަދި މުބާރާތުގެ އެންމެ އަގުބޮޑު އިނާމް؛ 100،000ރ ގެ ފައިސާގެ އިނާމް ލިބޭ ނަސީބުވެރި ފަރާތްވެސް ވަނީ މިއަދު ބޭއްވުނު ރަސްމިއްޔާތުގައި ހޮވާފައެވެ. ރޯދަ ސޭލްގެ އެންމެބޮޑު އިނާމް ގެ ނަސީބުވެރިޔަކަށް ވެގެންދިޔައީ، މަރިޔަމްފުޅު (ކޫޕަން ނަމްބަރ: 0067138) އެވެ. 
ރެޑްވޭވްއިން މައުލޫމާތު ދެއްވާގޮތުގައި މިއަހަރުގެވެސް ރެޑްވޭވް ރޯދަސޭލް ވެގެންދިޔައީ ވަރަށް ކާމިޔާބު އަދި ކަސްޓަމަރުންގެ ފުރިހަމަ ތަރުޚީބު ލިބިގެންދިޔަ ޕްރޮމޯޝަނަކަށެވެ.
ރެޑްވޭވް ރޯދަސޭލް 2024ގެ ނަސީބުވެރިން
އިނާމް
ނަން
 ކޫޕަން ނަމްބަރ
#
100،000ރ ފައިސާގެ އިނާމް
މަރިޔަމް ފުޅު
0067138
1
ޝާރޕް އައިސް އަލަމާރި
މާއިޝް
0074094
2
އިނޮސް 55އިންޗި ޓީވީ
ޔަލްމައީ އަލީ އުޝާމް
0136058
3
ހައިސެންސް އެއަރ ފްރަޔަރ ޓޯސްޓަރ އަވަން އަދި ހައިސެންސް މިނީ ރެފްރިޖަރޭޓަރ
ފާތުމަތު ޝަފާ މުހައްމަދު
0029010
4
ޝާރޕް އެއަރ ޕިއުރިފަޔަރ
އާމީން ޔޫސުފް
0062070
5
އެއަރ ފެބްރިކް ސޯފަރ
ޔޫސުފް ޒާކީ މުހައްމަދު
0012340
6
10،000ރ ފައިސާގެ އިނާމް
ސާލިމް
0114657
7
10،000ރ ފައިސާގެ އިނާމް
ޖިހާދު މުނީރު
0084213
8
10،000ރ ފައިސާގެ އިނާމް
އަނަސް ޙާމިދު
0148329
9
10،000ރ ފައިސާގެ އިނާމް
ޒަޔާން ފަހުމީ
0170807
10
10،000ރ ފައިސާގެ އިނާމް
ހުސެން ޒާހިރު
0073262
11
10،000ރ ފައިސާގެ އިނާމް
އާދިމް ވާސިފް
0084678
12
10،000ރ ފައިސާގެ އިނާމް
ސައްމޫން ހަސަން
0001368
13
10،000ރ ފައިސާގެ އިނާމް
އާމިނަތު ޝާމިލާ
0187695
15
10،000ރ ފައިސާގެ އިނާމް
ޒާއޯ ގުއާންގް ޔޮންގް
0033341
16
10،000ރ ފައިސާގެ އިނާމް
އާމިނަތު އަޒްހަރު
0122353
17
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ