ޔާމީން މިނިވަންވުން؛ އަބްދުއްރަހީމްގެ ޝުކުރު ރައީސް މުއިއްޒަށް

"ޝުކުރިއްޔާ ރައީސް ޑރ. މުއިއްޒު. ދިވެހީންގެ ރާއްޖޭގައި ސަރުކާރުން ޝަރީއަތަށް ނުފޫޒު ނުފޯރުވާނެ ކަން ސާބިތުކޮށް ދެއްވައިފީމު"
ޖަލުގައި ހުންނަވާތާ 480 ދުވަސް ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަަބްދުލްގައްޔޫމް މިނިވަންވެވަޑައިގަތުމުން ރައީސް މުއިއްޒުގެ ހާއްސަ މުޝީރު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު ދަންނަވައިފި އެވެ.
ޔާމީންގެ މައްޗަށް އޮތް ދެ ހުކުމް -- ޖުމްލަ 11 އަހަރުގެ ޖަލު ހުކުމް ހައިކޯޓުން މިރޭ ވަނީ ބާތިލުކޮށް ފައެވެ. އެ ހުކުމް ބާތިލު ކުރިއިރު ރައީސް ޔާމީން ވަނީ ޕީޕީއެމާއި ޕީއެންސީ ދޫކުރައްވާ ވަޑައިގެންފައެވެ. އެމަނިކުފާނުގެ އަރިހުގައި މިދިޔަ ދިހަވަރަކަށް އަހަރު އެކުގައި ތިއްބެވި ބޭފުޅުން ވަނީ ފެއަށް ވަޑައިގެންފައެވެ.ޔާމީން މިނިވަންވެވަޑައިގަތުމާއި ގުޅިގެން އަބްދުއްރަހީމް ކުރެއްވި ޕޯސްޓެއް ގައި ވިދާޅުވީ ރައީސް މުއިއްްޒަކީ އަމަލާ ބަހާ ދިމާވާ ވެރިއެއް ކަމަށާ ހަމަ ކޮންމެ މީހަކަށް ވެސް ތަފާތު ކުރުމެއް ނެތި އަދުލު އިންސާފު ލިބޭނެ ކަން ރައީސް މުއިއްޒު ކަށަވަރު ކޮށް ދެއްވާފައިވާ ކަމަށެވެ."ޝުކުރިއްޔާ ރައީސް ޑރ. މުއިއްޒު. ދިވެހީންގެ ރާއްޖޭގައި ސަރުކާރުން ޝަރީއަތަށް ނުފޫޒު ނުފޯރުވާނެ ކަން ސާބިތުކޮށް ދެއްވައިފީމު. ދިވެހީންގެ ރާއްޖޭގައި ހަމަ ކޮންމެ މީހަކަށް ވެސް ތަފާތު ކުރުމެއް ނެތި އަދުލު އިންސާފު ލިބޭނެ ކަން މަނިކުފާނު ކަށަވަރުކޮށް ދެއްވައިފީމު. ޝަރުއީ ދާއިރާ އަކީ ނުފޫޒުން އެއްކިބާވެފައިވާ މިނިވަންކަމާ އެކު ޝަރީއަތް ކުރުމުގެ ފުރުސަތު އޮތް ދާއިރާއެއް ކަން ޔަގީންކޮށް ދެއްވައިފީމު. ދިވެހީން ބޭނުން ވަނީ މަނިކުފާނު ފަދަ ބަހާ އަމަލާ ދިމާވާ ވެރިން،" އަބްދުއްރަހީމްގެ ޕޯސްޓް ގައި ވިދާޅުވެފައިވާ ކަމަށެވެ.އަބްދުއްރަހީމްގެ ޕޯސްޓް ގައި އެންމެ ފަހަރަކު ވެސް ރައީސް ޔާމީންގެ ނަންފުޅު ހިމަނުއްވާފައެއް ނުވެ އެވެ. މި ފަހުން ޔާމީންގެ އެންމެ ބޮޑު ފާޑު ކިޔުމެއް އަމާޒުވާ ބޭފުޅަކީ އަބްދުއްރަހީމެވެ. އަބްދުއްރަހީމް ވެސް ޔާމީނާއި އެމަނިކުފާނުގެ އާއިލާއަށް ވެސް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ