ހަށިވިއްކާ ކަމަށް ތުހުމަތުކުރެވޭ ޓެލްގްރާމް ޗެނަލެއް ފުލުހުން އަތުލައިގެންފި

"އެމްވީ ކޯލް ގާލްސް"ގެ ނަމުގައި ހަށިވިއްކާ ކަމަށް ތުހުމަތުކުރެވޭ ޓެލްގްރާމް ޗެނަލެއް ފުލުހުން އަތުލައިގެންފިއެވެ.
މިކަމާގުޅިގެން ފުލުހުން ބުނެފައިވަނީ ބޮޑެތި ކުށްތަކަށް އަރައިގަތުމަށް ހިތްވަރު ލިބޭގޮތަށް "އެމްވީ ކޯލް ގާލް" ގެ ނަމުގައި ހިންގަމުން ގެންދިޔަ ޓެލެގްރާމް ޗެނަލްއެއް އަތުލައިގެންފައިވާ ކަމަށެވެ. އަދި މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުން ކަމަށްވެސް ބުނެފައިވެއެވެ.
މީގެއިތުރުން ވެސް މިފަދަ ބޮޑެތި ކުށްތަކަށް އަރައިގަތުމަށް ހިންވަރުދޭ ޓެލެގްރާމް ޗެނަލްތަކެއްވަނީ ސީޒްކޮށް އެ ޗެނަލް ހިންގިކަމުގެ ތުޙުމަތުގައި ފުލުހުން ވަނީ މިދިޔަ މާޗު މަހުވެސް ބަޔަކު ހައްޔަރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ