އިޔާޒަށް ޝެއިހް އަބްދުﷲ: ހެޔޮ ބަހެއް ބުނަން ނުކެރޭނަމަ ހަނު ހުރުން ބުއްދިވެރި

"މާތް ﷲ އަށް ބިރުވެތިވެ ހެޔޮ ބަހެއް ބުނަން ނުކެރޭނަމަ ހަނު ހުރުން ބުއްދިވެރިއެވެ،" އިޔާޒަށް ރައްދު ދެއްވާ ޝެއިހް އަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.
ހެޔޮ ބަހެއް ބުނަން ނުކެރޭނަމަ ހަނު ހުރުން ބުއްދިވެރި ކަމަށް ވިދާޅުވެ އަދާލަތު ޕާޓީގެ އިލްމުވެރީންގެ ނާއިބު ރައީސް ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފަށް ޖަމިއްޔަތުއް ސަލަފުގެ ރައީސް އައްޝައިހް އަބްދުﷲ ބުނު މުހައްމަދު އިބްރާހިމް ރައްދު ދެއްވައިފި އެވެ.
ޝެއިހް އަބްދުﷲ، އިޔާޒަށް ރައްދު ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކޮށް ދިނުމަށް އިލްމުވެރީންގެ ކިބައިން އެދިވަޑައިގަތުމާއި ގުޅިގެންނެވެ. ދައުރު ނިމޭން ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް މޫނު ބުރުގާ އަޅައިގެން ތިބޭ ޓީޗަރުންނަށް މޫނު ފޮތިގަނޑު ނުނަގާ ކިޔަވައިދިނުމުގެ ހުއްދަ ސަރުކާރުން ވަނީ ދީފައެވެ. ނަމަވެސް އަދިވެސް އުމުރުން 10 އަހަރުން ދަށުގެ ކުދީންނަށް ކިޔަވައިދޭ ޓީޗަރުންނަަށް މޫނު އެޅުން އަދިވެސް މަޖުބޫރެވެ.އެއީ އަދާލަތުން އެދިގެން ސަރުކާރުން ނިންމި ނިންމުމެއް ކަމަށާ ރައީސް ސޯލިހަކީ އިލްމުވެރީންގެ އަޑު އައްސަވާ ބޭފުޅެއް ކަމަށް ވިދާޅުވެ އަދާލަތުގެ އިލްމުވެރީން ދަނީ ރައީސް ސޯލިހް ޕްރޮމޯޓް ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. އަދި އިޔާޒް ވަނީ ރައީސަށް ތައުރީފު ކުރައްވާ ހުރިހާ އިލްމުވެރީން ރައީސަށް ތާއީދު ކުރުމަށް އެދިފައެވެ.އެކަމަށް ރައްދު ދެއްވާ ޝެއިހް އަބްދުﷲ ވަނީ މި ސަރުކާރުގައި ދީނާ ހިލާފު ކަންކަމާއި އެފަދަ ކަންކަމަށް ތާއީދު ކުރާ މީހުންނަށް ހިތްވަރު ދިނުމަށް ކޮށްފައިވާ ކަންކަން އިޔާޒަށް ހަނދާން ކޮށްދީފައެވެ. އެގޮތުން ލާދީނީ ޖަމާއަތް އެމްޑީއެން ބާރުވެރި ކުރުވައި އިސްލާމް މުގައްރަރު ބަދަލްކުރަން ފަށާ ނަފްރަތުގެ ބިލް ފާސްކުރުވާ އިސްލާމީ ޝަރީއަތްކި ޔަވާ ފަރާތްތަކަށް ވަކާލާތުގެ ފުރުސަތު އުވާލާ ސްޕްރީމް ކޯޓަށް ޝަރީއާ ނުކިޔަވާ އަދި އައުރަ ނިވާ ނުކުރާ އަންހެނުން އިސްކުރުމާއި ސްކޫލްތަކުން ގުރްއާން މާއްދާ އިހުމާލުކޮށްފައިވާ ކަމަށް ޝެއިހް އަބްދުﷲ ވިދާޅުވި އެވެ.އަދި ދުނިޔޭގައި އުފެދުނު މުސްލިމުންނާ އެންމެ އަދާވާތްތެރީންގެ ތެރެއިން އަސްކަރީންނާ އެކު ސިއްރު އެގްރީމެންޓުތައް ހަދައި ދައުލަތުގެ ބައިތުލްމާލު ހުސްކޮށް ރައްޔިތުންގެ ދިރިއުޅުން ދަތިކުރުން ފަދަ އެތައް ނުބައެއް އެއީ ހެޔޮކަންކަމުގައި ދެއްކުމުގައި އިލްމުވެރީން ބައިވެރިވުމަކީ ބޮޑު ހިޔާނާތަކަށް ނުވާނެތޯ ސުވާލު ކުރައްވާފައެވެ."މާތް ﷲ އަށް ބިރުވެތިވެ ހެޔޮ ބަހެއް ބުނަން ނުކެރޭނަމަ ހަނު ހުރުން ބުއްދިވެރިއެވެ،" އިޔާޒަށް ރައްދު ދެއްވާ ޝެއިހް އަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.ސަރުކާރު ދިފާއުކޮށް ރައީސް ސޯލިހަށް ސަނާ ކިޔުމުގައި ވަރަށް މައްޗަށް ވަޑައިގެންފައިވާ އިޔާޒަކީ ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވާ ބޭފުޅެކެވެ. އޭނާގެ ކޮންމެ ޓްވީޓަކަށް މުޅީހެން ހުންނަނީ ފާޑުކިޔުމުގެ ކޮމެންޓްތަކެވެ. ކުރީން އާންމުންގެ މެދުގައި ވަރަށް މަގުބޫލް އިލްމުވެރިޔާއަށް ފާޑުކިޔުން އަމާޒުވީ ދައުވަތުގެ ކަންކަމަށް ވުރެ ސިޔާސީ މަސައްކަތުގައި ހަރަކާތްތެރިވެ އަދާލަތު ޕާޓީއާ އެ ޕާޓީގެ ރައީސް އިމްރާން ދިފާއު ކުރަން މަސައްކަތް ކުރައްވަން ފެއްޓެވުމުންނެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ