ގާޒީ ނިމާލް އަވަހާރަވުމުން ސިވިލް ކޯޓުން ހުސްވި ޖާގައަށް ކުރިމަތިލާން ހުޅުވާލައިފި

ސިވިލް ކޯޓުން ހުސްވި ފަނޑިޔާރު ކަމުގެ ޖާގައަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.
ސިވިލް ކޯޓުން ފަނޑިޔާރުކަމުގެ ޖާގައެއް ހުސްވެފައިވަނީ އެ ކޯޓްގެ އިސްޤާޟީ އަލްއުސްތާޛް އަޙްމަދު ނިމާލު ޖުނައިދު ކުއްލި ގޮތަކަށް އަވަހާރަވުމާއި ގުޅިގެންނެވެ.
ގާޒީކަމުގެ އެ މަގާމަށް 30،000 ރުފިޔާގެ މުސާރައެއް ލިބޭ އިރު މަގާމަށް ކުރިމަތިލާން ހުޅުވާލާފައިވަނީ މި މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށެވެ.
ނިމާލު އަވަހާރަވީ މިދިޔަ މަހުގެ 19 ވަނަ ދުވަހު ރޭ ފަރިއްކުޅުއްވި ތަނާ ކުއްލި އަކަށް ގޭސް ސްޓްރިކް ވެގެން ކަމަށް "ދިޔަރެސް"އަށް ވަނީ މައުލޫމާތު ލިބިފައެވެ.
ސިވިލް ކޯޓަށް އިސް ގާޒީއެއް ހަމަޖެއްސެންދެން މިދިޔަ މަހުގެ 21، އިން ފެށިގެން އެ ކޯޓުގެ ހިންގުން ވަގުތީ ގޮތުން ވަނީ ގާޒީ ފަރުހާދު ރަޝީދުއާ ހަވާލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ