ޝިޕިން ކުންފުނީގެ އެމްޑީއަކަށް އަހުމަދު ޝަރީފް އައްޔަންކޮށްފި

މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ މެނޭޖިން ޑިރެކްޓަރަކަށް އަހުމަދު ޝަރީފް އަައްޔަންކޮށްފިއެވެ. ޝަރީފް އެ މަގާމަށް އައްޔަންކުރިކަން އިއުލާންކޮށް، އެމްއެސްއެސްއިން ވަނީ އޭނާއަށް މަރުހަބާ ކިޔައިފައެވެ. މިދިޔަ މަހުގެ 23ގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ޕޮލިސް ބޯޑު އެކުލަވާލެއްވިއިރު އެ ބޯޑުގެ ރައީސް ކަމަށް އައްޔަންކުރެއްވި ޝަރީފަކީ އެ މަނިކުފާނު މާލޭ ސިޓީ ކައުންސިލްގެ މޭޔާރުގެ ގޮތުގައި ހުންނެވިއިރު އެ ކައުންސިލްގެ ސީނިއާ ކައުންސިލް އެގްޒެކެޓިވްގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. ޝަރީފް ވަނީ މެެރިޓައިމު ދާއިރާއިން ތައުލީމު ހާސިލުކުރައްވާފައެވެ. ސްކޫލް ނިންމެވުމަށްފަހު އޭނާ 1988ގައި ފުރަތަމަ އަދާކުރެއްވި ވަޒީފާއަކީ ޓީވީ މޯލްޑިވްސްގެ އެސިސްޓެންޓު އެޑިޓަރު ކަމެވެ. ހަވީރު ނޫހުގައި ވެސް ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ޝަރީފް ވަނީ ޝިޕިން ދާއިރާއިން ތައުލީމު ހާސިލުކުރައްވައިފައެވެ. އޭނާ ވަނީ މާސްޓާ ޑިގްރީ ފެންވަރަށް ތައުލީމު ހާސިލުކުރައްވާފައެވެ. ޝަރީފްގެ އަނބިކަނބަލުންނަކީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު އާމިނަތު އިބްރާހީމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ