މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު، ޝިޔާމް އިބްރާހިމް މަގާމުން ވަކިކޮށްފިއެވެ.
އެކަން ހާމަކޮށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ، ގއ. ދެއްވަދޫ، އޯޝަންރީޑް ޝިޔާމް އިބްރާހިމް މިއަދު އެ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.
ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ޕީސީބީން ހާމަކޮށްފައި ނުވެއެވެ.
ޝިޔާމް ވަނީ އެމްޕީއެލްގައި 25 އަހަރުގެ ދިގު މުއްސަތަކަށް މަސައްކަތް ކޮށްފައެވެ. އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއްގެ ގޮތުގައި ޝިޔާމް އައްޔަންކުރީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.
ޝިޔާމް ވަކި ކުރުމުން އެ ކުންފުނީގެ ބޯޑުގައި ދެން ތިއްބަވާނީ ޗެއާޕާސަން އާމިނަތު ހަމީދާއި، ބޯޑު މެންބަރުންގެ ގޮތުގައި އަހްމަދު އިލްޔާސް އާއި އަހްމަދު ނިޔާޒާއި، އަހްމަދު ފަހީމުގެ އިތުރުން، ސީއީއޯ މުހައްމަދު ރިޝްވާނެވެ.
އެމްޕީއެލް ޑިރެކްޓަރުންގެ ބޯޑުން ޝިޔާމް ވަކިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ