"އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! ތިޔަބައިމީހުން ނިކަން ބުނެބަލާށެވެ! އަހުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތުން އައި ފާޅުވެގެންވާ ތެދުމަގެއްގައި އަހުރެންވީނަމަ، އަދި އެކަލާނގެ ޙަޟްރަތުން ހެޔޮވެގެންވާ ރިޒުޤް ދެއްވި ހިނދު (އެކަމަށް ފުރަގަސްދެވޭނެހެއްޔެވެ؟) އަދި އަހުރެން ތިޔަބައިމީހުންނަށް ނަހީކުރާ ކަންތައް އަހުރެން ކުރާކަށް ބޭނުމެއް ނުވެތެވެ. އަހުރެންނަށް ކުޅަދާނަވީވަރަކަށް، އިޞްލާޙްކުރުން މެނުވީ، އަހުރެން ބޭނުމެއް ނުވެތެވެ. އަދި اللَّه ގެ ޙަޟްރަތުން މެނުވީ، އަހުރެންނަށް ތައްފީޤް ލިބުމެއްނުވެތެވެ. އަހުރެން ވަކީލް ކުރަނީ، އެކަލާނގެއަށެވެ. އަދި ތައުބާ ވަނީވެސް، އެކަލާނގެ ޙަޟްރަތަށެވެ."
(ހޫދު: 88)
ﷲ ތަޢާލާ މީހަކަށް މަތިވެރިކަމާއި ރިޒުޤާއި އާރާއި ބާރު ދެއްވެވުމުން ޝުކުރުވެރިވުމުގެ ގޮތުންވެސް އޮތީ މުންކަރާތްތައް މަނާކުރުމާއި ނަހީކުރެއްވެވި އެއްވެސް ކަމެއް ނުކުރުމެވެ. މުންކަރާތަކަށްވެދާނެ ކަންކަންވެސް ފެތުރުން ހުއްޓުވަން މަސައްކަތްކުރުމެވެ.
ކޮންމެ މީހަކީވެސް މުޖުތަމަޢުގެ ކަންކަން އިޞްލާޙްކުރަން ގަދައަޅައި މަސައްކަތްކުރަންޖެހޭނެ މީހެކެވެ. ވެރިއަކުނަމަ އެކަން އެމީހެއްޖެ މައްޗަށް އެންމެ މަތީ ދަރަޖައިގައި ވާޖިބުވެގެންވެއެވެ.
ﷲ ތަޢާލާގެ ޙަޟްރަތުން މެނުވީ އެއްވެސް ކަމެއް ކާމިޔާބުވުން ނެތްކަން ޔަޤިންކުރަން އެބަޖެހެއެވެ. އެންމެ ފުރިހަމަ ގޮތުގައި ތައުބާވެ ވަކީލްކުރާ އަޅަކަށް ވާންވެސް ޖެހެއެވެ.
މިއީ ރަސޫލް ބޭކަލުން ދެއްކެވި ނަމޫނާއެވެ. ލޫޠުގެފާނުގެ ބަސްފުޅެވެ. ނޫޙުގެފާނުވެސް ޘާބިތުވެވަޑައިގެންނެވި މަގެވެ. އެހެން ހުރިހާ ރަސޫލްބޭކަލުންވެސް މެއެވެ.
ނަތީޖާއަކަށްވީ އެއިގެ ތެރެއިން ލޫޠުގެފާނުގެ ޤައުމު ބަންޑުން ޖައްސަވައި ނޫޙުގެފާނުގެ ޤައުމުގެ މީސްތަކުން ޣަރަޤުކުރެއްވެވިއިރުވެސް އެބޭކަލުންނަށް ސަލާމަތްކަން ދެއްވެވުމެވެ. އިސްލާމީ އުންމަތުގެ މިއަދުގެ ވެރިންނަށް ޤަބޫލުނުކުރެވިގެން އެއުޅެނީ މިޙަޤީޤަތެވެ.
ﷲ ތަޢާލާ ލައްވަވައިފާނެ ކޯފާއަކަށް ބިރުވެތިވެވޭނީ މިއާޔަތުގަވާ މަގުގަ ޘާބިތުވެ ހުރެގެން-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ