ޖަވާބުދެއްވާ 1 ކިޔުންތެރިއަކަށް 4 ފުޅި ހުވަނދު ލިބޭ މިހަފްތާގެ ސުވާލު!: އެންމެ ފުރަތަމަ އިސްލާމްވެވަޑައިގެންނެވި އަންހެން ބޭކަނބަލަކީ ކޮބާ؟

މިއީ މިއަދުނޫހުގެ ކިޔުންތެރިންނާއި މިއަދުނޫހާއި އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި ދީނީ އަދި އިޖުތިމާޢީ ކަންކަމަށް ކިޔުންތެރިންގެ ހޭލުންތެރިކަން އިތުރުކުރުވުމުގެ މަޤްޞަދުގައި ކުރިއަށްދާ ކަމެކެވެ. 
ހަފްތާގެ ސުވާލު:
އެންމެ ފުރަތަމަ އިސްލާމްވެވަޑައިގެންނެވި އަންހެން ބޭކަނބަލަކީ ކޮބާ؟ 
އެހީ:
އެންމެ ފުރަތަމަ އިސްލާމްދީން ޤަބޫލުފުޅު ކުރެއްވެވި އަންހެންބޭކަނބަލަކީ މިއުންމަތުގެ މައިކަނބަލުންގެ ތެރެއިން ހިމެނިވަޑައިގަންނަވާ ޚަދީޖަތުގެފާނެވެ. ކިޔުންތެރިންގެ އެދިވަޑައިގަތުމުގެމަތިން އެކަމަނާގެ ސިޔަރަތު ވަރަށް ތަފްޞީލްކޮށް މިއަދުނޫހުގައި ވަނީ ވަރަށްފަހުންވެސް ޝާއިޢުކުރެވިފައެވެ.
އެންމެފަހުބައި:
https://miadhu.mv/article/read/4291799  
1 އިނާމު ލިބިލައްވާނީ ސުވާލު ޝާއިޢުކުރާ ވަޤުތުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން އެކަކަށެވެ. ޖަވާބު ދެއްވާނީ މިއަދުނޫހުގެ ފޭސްބުކް ޕޭޖްގައި ސުވާލުގެ ތިރިން ކޮމެންޓް ގޮޅީގައެވެ. ކޮމެންޓް ކޮށްލެއްވުން ޖަވާބު ދެއްވުނީއެވެ. 
2 އިނާމު ލިބިލައްވަން ހޮވޭ ކިޔުންތެރިންނަށް މެސެންޖަރ އިން މެސެޖެއް ފޮނުވޭނެއެވެ.
3 އިނާމު ހޯއްދަވަން 7788020 އަށް ވަޓްސްއެޕުން މެސެޖްކޮށްލެއްވުމުން ގުޅާނެއެވެ. ގުޅުމުން 7 ދުވަސް ތެރޭގައި އިނާމު ގެންދެވުން އެދެމެވެ.
4 އިނާމު ލިބިލައްވާ ކިޔުންތެރިޔާއަށް ބަލައި ވަޑައިނުގެންނެވޭނެނަމަ ބަދަލުގައި އަންނާނެ މީހެއްގެ ނަންބަރު ވަޓްސްއަޕުން ނުވަތަ ފޭސްބުކް މެސެންޖަރ އިން މެސެޖްކޮށްލައްވާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ