ދިވެހިރާއްޖޭގެ ޒަކާތު ހައުސްއާއި މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ (އައިއައިޔޫއެމް) އާ ދެމެދު މީހުން ބިނާކުރުމުގެ ދާއިރާއިން ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި ފަހުމުނާމާގައި ސޮއިކުރައްވާފައިވަނީ، ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އޮނަރަރީ ޑޮކްޓަރޭޓު އެރުވުމަށް މިއަދު އެ ޔުނިވާސިޓީގައި ބޭއްވުނު ރަސްމިއްޔާތުގެ ހަވާސާގެ ތެރެއިންނެވެ.
މި އެއްބަސްވުމުގައި ޒަކާތު ހައުސްގެ ފަރާތުން ސޮއިކުރެއްވީ، ޒަކާތު ހައުސްގެ ޗެއާމަން އަދި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. އަދި އެ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ރެކްޓަރ ޕްރޮފެސަރ ޑރ އުސްމާން ބަކަރްއެވެ.
މި އެއްބަސްވުމުގެ ދަށުން މި ދާއިރާއިން މީހުން ތަމްރީން ކުރުމަށް ދެ ފަރާތުން ގުޅިގެން މުހިއްމު މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މިއީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްއާއި ޒަކާތުގެ ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބުނު ކުރިއެރުމެއްކަން ފާހަގަކޮށްލެވެއެވެ.
ހަބަރު: އިސްލާމިކް މިނިސްޓްރީ
މީހުން ބިނާކުރުމުގެ ދާއިރާއިން ރާއްޖޭގެ ޒަކާތު ހައުސްއާއި މެލޭޝިޔާ އިންޓަނޭޝަލް އިސްލާމިކް ޔުނިވާސިޓީއާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ