ކިޔާލާފަ ނިކަން ބަހެއް ބުނެބަލަ!: މި 4 ކަންތަކަށް ސަމާލުކަންދީފިނަމަ އެއްވެސް ދެމަފިރިއަކަށް އަބަދު އުފަލުގައި ނުތިބެވެންވީ ކީއްވެ؟

އަހުރެމެންގެ ދިރިއުޅުމުގެ ކަންކަމަށްވިސްނާއިރު ދެމަފރިއަކު އަބަދުވެސް އުފަލުގައި ތިބެން ކުރަން ބޭނުންވާ ބައެއް ކަންކަން ކުރެވޭނީ އެކިވަރުގެ ޚަރަދުތައްކޮށްގެންނެވެ. ނަމަވެސް އަނެއްބައި ކަންތައްތައް ކުރަން އެއްވެސް ޚަރަދެއްކުރާކަށް ނުޖެހޭނެއެވެ. އެކަމަކުވެސް ގިނަ މީހުންނަށް އިސްކަން ދެވެނީ ޚަރަދުކުރަންޖެހޭ ކަންކަމަށެވެ. އަބަދުހެން އުޅެނީ އެކަންކަން ނުކުރެވިގެންނެވެ.  
މިޘާލަކަށް ބުނާނަމަ ރެސްޓޯރަންޓްތަކުން އެކުގައި ދަތުރުދިއުން ފަދަ ކަންކަމަކީ އެކަންކަން ކުރަން ޚަރަދުތަކެއް ކުރަންޖެހޭ ކަންކަމެވެ. ނަމަވެސް އެކަކު އަނެކަކަށް ވަފާތެރިވެ ލޯބިދީގެން އެކުގައި ދުވަސްތައް ހޭދަކުރަން އެއްވެސް ޚަރަދެއް ކުރާކަށް ނުޖެހޭނެއެވެ.  
ބައިވެރިއެއްގެ މިބަސްކޮޅަށް ވިސްނައިލާށެވެ.  
"ބައިވެރިޔާގެ ކިބައިން މިއެދެނީ ވަރަށް މަދުކަމަކަށެވެ. އެންމެ 4 ކަމަކަށެވެ! އެއީ:  
1 އަހަރެންގެ އުނިސިފަތައް އިޞްލާޙްކުރަން އެހީތެރިވެދިނުމާ 2 ތިބާގެ ކުށްވެސް ޤަބޫލުކުރުމެވެ.
3 އަހަރެންގެ ހިތުގަ ޖައްސައި ރޮއްވުމުން ކަރުނަ އެފައިބަނީ ތިބާގެ އަމިއްލަ ލޮލުންކަމަށް ޤަބޫލުކުރުމެވެ!
4 އަހުރެންނަށް ކުށެއް ކުރެވުމުން ތިބާ ރުޅިއަންނަ ފަދައިން ތިބާވެސް ކުށްކުރީމާ އަހުރެންވެސް ރުޅިއަންނާނެކަން ޤަބޫލުކުރުމެވެ. އަދި ތިބާގެ ހިތުގައި ޖެހޭ ފަދައިން އަހުރެންވެސް ދެރަވެ ހިތުގައި ޖެހޭނެކަން ޤަބޫލުކުރުމެވެ.  
ލޮބުވެތި އެކުވެރިންނޭވެ! މިއިން އެއްވެސް ކަމެއް ކުރާކަށް އަތުން އެއްވެސް ޚަރަދެއްކުރާކަށް، އަދި ވަޤުތުތަކެއް ހޭދަކުރާކަށްވެސް ނުޖެހޭނެއެވެ. މިހައި ފަސޭހައިން ކޮށްލައިދެވެން އޮތް މި 4 ކަންތައް ބައިވެރިޔާއަށް ކޮށްލައިދެވޭނަމަ އެދެމަފިރިއަކު އަބަދުވެސް ތިބޭނީ އުފަލުގައެވެ. ދެބަސްވެ ވަކިވުމުގެ ވާހަކަ ދައްކަންވެސް ނުޖެހޭނެއެވެ. އިން ޝާ ﷲ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ