ގަވާއިދާ ހިލާފަށް ރާއްޖެއަށް ވަދެ އުޅުނު ބޯޓެއް އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭގެ ސަރަހައްދަށް ވަދެ އުޅުނު ބޭރުގެ މަސްބޯޓެއް ސިފައިން އަތުލައިގެންފި އެވެ.އެމްއެންޑީއެފުން ބުނި ގޮތުގައި މި މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގި އޮޕަރޭޝަނެއްގަ އެވެ. މިއީ ކޮން ގައުމެއްގެ ބޯޓެއް ކަމެއް މި ބޯޓުގައި ތިބީ ކިތައް މީހުން ކަމެއް އަދި ބޯޓު އަތުލައިގަތީ ކޮން ސަރަހައްދަކުން ކަމެއް އެމްއެންޑީއެފުން އަދި ހާމައެއް ނުކުރެ އެވެ.އެކަމަކު ބެލެވޭ ގޮތުގައި މިއީ އިންޑިއާ ނޫނީ ސްރީލަންކާ ހިސާބުގެ ބޯޓަށް ވުން ގާތެވެ. އެއީ މި ބޯޓުގެ ސިފަތަކާ އެ ގައުމުގެ މީހުން ބޭނުން ކުރާ ބޯޓުތަކުގެ ސިފަ އާ އެއްގޮތް ގޮތެއް ހުރުމުންނެވެ.އެމްއެންޑީއެފުން ހަމައެކަނި ހާމަކުރީ އެ ބޯޓުގެ ފޮޓޯއެކެވެ.ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެވެ އުޅުނު މަސް ބޯޓެއް ކޯސްޓު ގާޑުން މިއަދު އަތުލައިގެންއިރު، މި މަހު 16 ގައި ވެސް ގަވާއިދާ ހިލާފަށް ރާއްޖެއަށް ވަދެ އުޅުނު މަސް ބޯޓެއް ސިފައިން އަތުލައިގަތެވެ. އެދުވަހު އެބޯޓު އަތުލައިގަތީ ޑްރޯންގެ އެހީގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ