ގއ. ވިލިގިނލީ ދާއިރާގެ މަޖިލީސް މެންބަރު އާޒިމް އަބްދުލް އަޒީޒް ދެއްވާ އުމްރާ ދަތުރު ދެ ފަރާތަކަށް ދީފިއެވެ.
މި އަހަރު އުމްރާއަށް ދެ މީހަކު ފޮނުވުމަށް ނެގި ގުރުއަތުން ހޮވިފައިވަނީ އަމަތުﷲ ޙަސަން ، ދޮންވެލި / ގއ.ވިލިނގިލި އަދި ނަޞްރިއްޔާ ޒަކީ ހަޒާރުމާގެ / ގއ.ވިލިނގިލިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ދުވަސްވަރު އާޒިމް ވަނީ ދައުރު ނިމެންދެން ކޮންމެ އަހަރަކު ދެ ފަރާތެއް، އުމްރާގެ އަޅުކަމަށް ފޮނުވާނެކަމަށް ވައުދުވެފައެވެ. މި ވައުދާއި އެއްގޮތަށް، އާޒިމްގެ ބައްޕަގެ ނަމުން ނަންދީފައިވާ ހަޖީ ފައުންޑޭޝަނުން މިއަހަރުގެ އުމްރާ ދަތުރަށް މީހުން ފޮނުވުމަށްޓަކައި، އެކަމަށް ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލީ މި ދިޔަ މަސްތެރޭގައެވެ.
މިދިޔަ މަހުގެ 26 ވަނަ ދުވަހުން ފެށިގެން މި މަހުގެ 10 ވަނަ ދުވަހާއި ހަމައަށް މި ފުރުސަތު ހުޅުވާލިއިރު ގިނަ ބަޔަކު ވަނީ އުމްރާއަށް ދިއުމަށް އެދި ހުށަހަޅާފައެވެ. އުމްރާ ދަތުރަށް ކުރިމަތިލުމާއި، ގުރުނެގުމުގެ ހުރިހާ ކަމެއް ވިލިގިނލީ ކައުންސިލާއި ހަވާލުކޮށްގެން ކުރިއަށް ގެންގޮސްފައިވާއިރު އަންނަ އަހަރުވެސް ދެ ފަރާތަކަަށް މި ފުރުސަތު ލިބިގެން ދާނެއެވެ.
އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ އެއް އަަހަރަށް އިތުރު ކޮށްދީފި ހައްޖުގެ އަޅުކަން އަދާކުރުމަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމަށް އިލްތިމާޒުކޮށްފި ޢުމްރާއަށް މީހުން ގެންދިއުމަށް އިތުރު ހަ ކުންފުންޏަކަށް ހުއްދަ ދީފި ޢުމްރާއަށް މީހުން ގެންދިއުމަށް ހުއ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ