ކްރައިސިސް ކޮމިޓީގައި އިރުތިޝާމް ހިމަނައި، މުގައްރިރަކަށް ޒަމީރު
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން 28 ފެބްރުއަރީގައި ރައީސް މުހައްމަދު މުއިއްޒު އުފެއްދެވި ކްރައިސިސް ކޮމެޓީއަށް ބަދަލު ގެނެސް އަލުން އެކުލަވާލައިފި އެވެ.މިދިޔަ ފެބްރުވަރީ މަހުގެ ފަހު ދުވަހު އުފެއްދެވި މި ކޮމިޓީގެ އޭރުގެ މުގައްރިރަކީ ކުރީގެ ފޮރިން މިނިސްޓަރު ޑރ. ޢަބްދުالله ޚަލީލެވެ.އަދި މި ކޮމިޓީގައި ކުރީގެ ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫނާއި، ކުރީގެ ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމާއި، ކުރީގެ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢަލީ ހައިދަރު އަޙްމަދުގެ އިތުރުން، އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާންވެސް އިންނެވި އެވެ.ނަމަވެސް ހަލީލާއި ގައްސާނާއި ތޯރިޤާއި ހައިދަރު މިދިޔަ އަންގާރަ ދުވަހު އިސްތިއުފާދެއްވުމާ ގުޅިގެން އެ ބޭފުޅުން ދެން މި ކޮމިޓީގައި ނުހިމެނެއެވެ. އަދި އިޙްސާނާއި ޝަހީމްވެސް މި ކޮމިޓީން ވަނީ އުނިކޮށްފައެވެ.ޒަމީރުގެ އިތުރުން މިހާރު މި ކޮމިޓީގައި ތިއްބަވަނީ:ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމްއިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދުފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމްޓޫރިޒަމް އަދި ސިވިލް އޭވިއޭޝަން މިނިސްޓަރު މުޙައްމަދު އަމީންމި ކޮމެޓީ އެކުލަވާލާފައި ވަނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކާއި ކުރިމަތިވެދާނެ ކަންކަން ހައްލުކުރުމަށް ގުޅިގެން ފިޔަވަޅުތައް އެޅުމަށް ކަމަށް ރައީސް އޮފީހުން މީގެ ކުރިން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ