ބީއެމްއެލްއިން ހުރިހާ އަތޮޅެއްގައި އީދު ސައި ބާއްވައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފިތުރު އީދު ދުވަހުގެ އުފާ ފާޅުކޮށް މުޖުތަމައުގައި ގުޅުން ބަދަހިކުރުމަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އީދު ސައި ބާއްވައިފި އެވެ. 
ވީ ކިހިނެއް؟ - އީދު ސައި ހަރަކާތްތައް ބާއްވާފައި ވަނީ ބީއެމްއެލްގެ ބްރާންޗުތައް ގާއިމުކޮށްފައިވާ 33 ރަށުގަ އެވެ.   
ތަފްސީލް - ބީއެމްއެލްއިން މި ރަށްތަކުގައި އީދު ސައި ބާއްވާފައި ވަނީ ރަށު ކައުންސިލްތަކާއި ޖަމިއްޔާ ޖަމާއަތްތަކާ ގުޅިގެން އާއިލާތަކާއި ރަށުގެ ރައްޔިތުންނަށް އެކުގައި ބައިވެރިވެ،އުފާފާޅުކުރުމުގެ ފުރުސަތު ފަހިކޮށްދޭ ފަދަ އެކުވެރި މާހައުލެއްގަ އެވެ.
ފާހަގަކޮށްލެވޭ - 2019 ވަނަ އަހަރުން ފެށިގެން ބޭންކުން އަންނަނީ އެކި ރަށްރަށުގައި އީދު ސައި ހަރަކާތްތައް ބާއްވަމުންނެވެ. މިއީ މުޅި ރާއްޖޭގައި އިޖުތިމާއީ ގުޅުން ބަދަހިކުރުމަށްބޭންކުން ދެމުންގެންދާ އަހުމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ