ޖުލައި މަހުގެ ކަރަންޓު ބިލު ވެސް ބޮޑުވާނެ ކަމަށް ބެލެވޭ: ސްޓެލްކޯ

ޖުލައި މަހުގެ ބިލު ބޮޑުވާނެ ކަމަށް ބެލެވޭ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓެލްކޯއިން ބުނީ މި އަހަރުގެ މެއި އަދި ޖޫން މަހުގެ ކަރަންޓު ބިލު ބޮޑުވުމާއެކު ސާވޭއެއް ކުރިއަށް ގެންގޮސްފައިވާ ކަަމަށާއި، އެ ގޮތުން މާލެ ސަރަހއްދުން 700 އެއްހާ ގޭބިސީއެއް މި ސާވޭގައި ބަލާފައިވާ ކަމަށެވެ. އެ ގޮތުން މިހާތަނަށް އައި އިރުވެސް ކަރަންޓު ބޭނުން ކުރާ އަދަދު ދަށް ނުވާ ކަމަށް ފާހަގަ ކުރެވިފައިވާ ކަަމަށާއި އެހެންކަމުން މި ހިނގާ ޖުލައި މަހުގެ ބިލު ވެސް ބޮޑުވާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ކޮވިޑްއާ ގުޅިގެން މި މަހުގެ ބިލަށް ސަބްސިޑީ ދިނުމަށް ހަމަޖެހިފައި ނުވުމަކީ ވެސް ޖުލައި މަހުގެ ބިލް ޖޫން މަހުގެ ބިލަށް ވުރެ ބޮޑުވާނެ ކަމެއް ކަމަށް ސްޓެލްކޯއިން ބުނެއެވެ.
އިތުރު ތަފްސީލް އަންނަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ