މިއަދު އިތުރު 33 މީހަކު ޕޮޒިޓިވް ވެއްޖެ

މިއަދު އިތުރު 33 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަމަށް އެޗްޕީއޭއިން ބުނެފި އެވެ.
އެޗްޕީއޭއިން ބުނީ މިދިޔަ 24 ގަޑިއިރު 893 މީހަކު ބައްޔަށް ޓެސްޓްކޮށްފައިވާ ކަމަށާ ޕޮޒިޓިވްވީ 33 މީހުން ކަމަށެވެ. އެއީ 12 ދިވެހިންނާއި ބަންގްލަދޭޝްގެ 18 މީހުންނާއި އިންޑިއާގެ ތިން މީހެކެވެ. މިއީ ލޮކްޑައުންއަށް ލުއިދިންފަހުން އެންމެ ގިނަ ބަޔަކު މި ބައްޔަށް ޕޮޒިޓިވްވީ ދުވަހެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 2,468 އަށް އަރާފަ އެވެ. މިއަދު
މީގެ އިތުރުން މިއަދު ބަލިން 19 މީހަކު ވަނީ ރަނގަޅު ވެފައެވެ. މިހާތަނަށް ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދަކީ 2،049 މީހުންނެވެ. މިވަގުތު ފަރުވާގައި ތިބީ 404 މީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ