އެމެރިކާގެ ސުޕްރީމް ކޯޓު ފަނޑިޔާރު ރޫތު ބޭޑާ އަވަހާރަވެއްޖެ

އެމެރިކާގެ ސުޕްރީމް ކޯޓު ފަނޑިޔާރު ރޫތު ބޭޑާ ގިންސްބާގް، އިއްޔަ އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު ޢުމުރަކީ 87 އެވެ. ގިންސްބާގް އަވަހާރަވެފައި ވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވާތާ ގިނަ ދުވަސްތަކެއް އުޅުމަށްފަހުގައެވެ. 
ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން އަންނަކަން ގިންސްބާގް ހާމަކުރެއްވީ މިއަހަރުގެ ކުރީކޮޅު އަމިއްލަފުޅަށް ނެރުއްވި ބަޔާނެއްގައެވެ. އެ ބަޔާނުގައި ގިންސްބާގް ވިދާޅުވެފައި ވަނީ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭހައި ހިނދަކު މަޤާމު ދޫކުރައްވާ ވަޑައިނުގަންނަވާނެ ކަމަށެވެ. އަދި މިވަގުތު މަސްއޫލިއްޔަތު އަދާ ނުކުރެވޭހައި ހާލު ގޯސް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
ގިންސްބާކް އިއްޔެ އަވަހާރަވިއިރު އެކަމަނާ ވަނީ 27 އަހަރު ވަންދެން އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައެވެ. އެންމެ ފުރަތަމަ ގިންސްބާކް އެމެރިކާގެ ސުޕްރީމް ކޯޓަށް އައްޔަނު ކުރައްވާފައިވަނީ 1993 ވަނަ އަހަރު، އޭރު އެމެރިކާގެ ރައީސްކަމުގައި ހުންނެވި ބިލް ކްލިންޓަން އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ