ހުޅުމާލޭގެ ރައްޔިތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ހޭލުންތެރިކުރުމުގެ ޕްރޮގްރާމުގެ ތެރެއިން --
ހުޅުމާލޭގައި ހިނގާ ކުށްތައް މަދުކޮށް އާންމު ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ގޭގެއަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
މި ޖެނުއަރީ މަހުގެ 15 ން 16 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ހުޅުމާލެ ޕޮލިސްގައި މަސައްކަތްކުރާ ފުލުހުންވަނީ ހުޅުމާލޭގައި އަލަށް އިމާރާތްކޮށްފައިވާ ފެލެޓްތަކަށް ޒިޔާރަތްކޮށް ފްލެޓްގައި ދިރިއުޅެމުންދާ ފަރާތްތަކަށް މަޢުލޫމާތު ދީފައެވެ.
އެގޮތުން ގޯތިގެދޮރާއި މުދާ ރައްކާތެރިކުރުމަށްޓަކައި އެޅިދާނެ މުހިންމު ފިޔަވަޅުތަކާއި ބޭނުންކުރެވިދާނެ ވަސީލަތްތަކާއި ކަމެއް ހިނގައިފިނަމަ ފުލުހުންނަށް ރިޕޯޓްކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.
ހުޅުމާލެއަކީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްވެފައިވާ ތަނަކަށް ހެދުމުގެ ގޮތުން ހުޅުމާލޭގައި މަސައްކަތްކުރާ ފުލުހުންދަނީ ސިލްސިލާކޮށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ