އުމަރު ނަޞީރު ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފި

އަންނަ ރިޔާސީ އިންތިޚާބަށް ވާދަކުރައްވާނެ ކަމަށް އިއުލާންކޮށް ކެންޕޭނުގެ މަސައްކަތް މިހާރުވެސް ފައްޓަވާފައިވާ އުމަރު ނަޞީރު ޖޭޕީން ވަކިވެޑައިގެންފިއެވެ.
މިކަން ހާމަ ކުރައްވަމުން އުމަރު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި މިހާރު ވާދަކުރަން ނިންމާފައިވާ ކަމަށާއި އެހެންކަމުން ޖޭޕީގެ މެންބަރުކަމުން އޭނާ މިއަދު ވަކިވެ ވަޑައިގަންނަވަން ނިންމަވާފައިވާ ކަމަށެވެ. 
"މިއަދުން ފެށިގެން އަޅުގަނޑު ޖޭޕީއިން ވަކިވެއްޖައިން" އުމަރު ނަސީރު ފޮނުއްވި މެސެޖުގައިވެއެވެ. 
ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމްގެ ޕޮލިޓިކަލް އެޑްވައިޒަރެއްގެ މަގާމުގައި ހުންނެވި އުމަރު ނަޞީރު އެޕާޓީން މިއަދު ވަކިވެ ވަޑައިގެންފައިވަނީ ކޭމްޕޭނަށް ވަގުތު ހޯދުމުގެ ގޮތުންނާއި ކޯލޮޝިނެއްގައި ހިމެނޭ ޖެޕީ އިން ވަކި ކެނޑިޑޭޓެއް ނެރުމުގެ ވިސްނުން ގެންގުޅޭ ކަމަކަށް ނުދެކޭތީ މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ވިޔަސް ކެމްޕޭނަށް ވަގުތު ހޯދުމުގެ ގޮތުންނެވެ.
"ޕާޓީން މިއަދު ވަކިމިވީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ނުކުންނަން
ސަބަކަށް ވަނީ ކޯލިޝަން އެެއްގެތެރެއިން ޖޭޕީ އިން ވަކި ކެނޑިޑޭޓެއް ނެރުމުގެ ވިސްނުން ނުގެންގުޅުން" އުމަރު ވިދާޅުވިއެވެ.
އުމަރު ނަޞީރު ޖުމްހޫރީ ޕާޓީން މިއަދު ވަކިވަޑައިގެންނެވި އިރު، އިންތިހާބުގައި ވާދަކުރައްވަން ބޭނުންފުޅުވަނީ ޖޭޕީގެ ޓިކެޓުގައިކަމަށް މީގެ ދެދުހެއް ކުރިން އޭނާ ވަނީ ވިދާޅުވެފައެވެ.
އެހެންނަމަވެސް، އުމަރު ޖޭޕީގެ އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވަޑައިގެންފައެއް ނުވެއެވެ. ޖޭޕީގައި ހުންނަވައިގެން ކުރެއްވުނު ކަމަކީ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ލީޑަރުންނަށް ފާޑުވިދާޅުވުން ކަމަށް ޖޭޕީގެ ބައެއް އާއްމު މެމްބަރުން ބުނެއެވެ. އަދި ޖޭޕީގެ ބައެއް ސަޕޯޓަރުން ބުނާގޮތުގައި އުމަރަށް ޕާޓީ ޓިކެޓް ދިނުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ