ކޮވިޑް ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ރައީސް މައުމޫން އެދިވަޑައިގެންފި

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް އެދިވަޑައިގެންފިއެވެ.
ކޮވިޑާ ގުޅިގެން ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ރައީސް މައުމޫން އެދިވަޑައިގަތީ ސްރީލަންކާގައި ކޮވިޑް ފެތުރެމުންދާ ނިސްބަތް އާދަޔާ ޚިލާފަށް މަތިވެ އަދި މަރުވާ މީހުންގެ ނިސްބަތް އިތުރުވާން ފެށުމާ ގުޅިގެން ސްރީލަންކާ ރެއިން ފެށިގެން 10 ދުވަހަށް ލޮކްޑައުން ކުރުމަށް އެގައުމުގެ ސަރުކާރުން ނިންމުމުންނެވެ.
ރައީސް މައުމޫން ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސްރީލަންކާގައި ރެއިން ފެށިގެން މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ލޮކްޑައުން އިޢުލާންކޮށްފައިވާ ކަމަށާއި ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތައްވެސް އިތުރަށް ހަރުދަނާކުރަން ޖެހޭ ކަމަށެވެ.
ކޮވިޑާއި ގުޅިގެން ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ރައީސް މައުމޫން އެދިވަޑައިގަތްއިރު ކޮވިޑް ޖައްސާ ވައިރަހުގެ ނުރައްކާތެރި ބާވަތްތައް އަދިވެސް ރާއްޖެއަށް އަތުވެދާނެ ކަމަށާއި އެކަމަށް އަބަދުވެސް ސަމާލުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުވެސް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.
އެގޮތުން ރައީސް ވިދާޅުވީ އޮފީސްތަކާއި ވިޔަފާރިތައް ހުޅުވާލެވި، ސްކޫލް މަދަރުސާތަކުގެ ކިޔެވުން އާންމު އުސޫލުން ފެށުމާއި ގުޅިގެން ރާއްޖެއަށް މިހާރު މިވަނީ އައު އާންމު ހާލަތަށް އާދެވިފައި ކަމަށާއި، ނަމަވެސް ކޮވިޑް-19 ގެ ނުރައްކާތެރިކަން މުޅިން ފިލައިގެން ދިޔައީ ކަމަށް ބަލައިގެން ނުވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ