މޫސުން ގޯސްވެ، ރާއްޖޭޣެ ބައެއް ސަރަހައްދު ތަކަށް ޔެލޯ އެލާޓް

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ރާއްޖޭގެ ބައެއް ސަރަހައްދު ތަކަށް ޔެލޯ އެލާޓް ނެރެފިއެވެ. ޅ. އަތޮޅުން ފެށިގެން ގދ އަތޮޅާ ދެމެދު ޔެލޯ އެލާޓް ނެރެފައި ވަނީ މިއަދުގެ 08:30 އިން 12:00 އަށެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ، މި ވަގުތު ތަކުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އެހެންކަމުން އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ކުޅުދުއްފުށި ސިޓީއާއި ހއ، ހދ އަދި ށ ނޫން ރާއްޖޭގެ އެހެން ހުރިހާ ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. މެޓް އޮފީހުން ބުނީ މިއަދާ މިރޭވެސް ރާއްޖޭގެ އެކި ސަރަހައްދަށް ވިއްސާރަ ކުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މިހަރު ނެެރެފައިވާ އެލާޓް އިތުރު ކުރާނަމަ، އެ އެލާާޓް ނިމޭ ގަޑިއާ ކައިރިކޮށްފައި އަންގާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. މިހާރު ކުރަމުންދާ ވިއްސާރައަކި، މޫސުމީ ވިއްސާރައެއް ކަމަށާއި އެއީ އިތުރު ކެރިގަނޑެއްގެ އަަސަރު ނޫން ކަމަށް މެޓް އޮފީހުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ