ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ބެއްލުމުގެ ދަށުން ނޫން ގޮތަކަށް ފުލުހުންގެ ހިދުމަތް ނުހިންގޭނެ ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
މެމްބަރު އުޝާމު މިފަދައިން ވިދާޅުވެފައި ވަނީ ފުލުހުންގެ ހިދުމަތުގެ އައު ގާނޫނަށް އަމަލު ކުރަން ފެށުމުން ހޯމް މިނިސްޓްރީގެ ދަށުން އެ މުއައްސަސާ ވަކި ކުރުމާ ގުޅިގެން އުޝާމް ކުރެއްވި ޓްވީޓުގައެވެ.
ރައީސް އޮފީހުން 14 އޮކްޓޯބަރުގައި އިމްރާނަށް ފޮނުވި ސިޓީއެއްގައ ބުނެފައިވަނީ ފުލުހުންގެ ޤާނޫނުގެ ދަށުން އުފައްދައި މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ ދަށުން ހިންގަމުން އައި "މޯލްޑިވްސް ޕޮލިސް ސާވިސް"އަކީ ނިމުނު އަހަރު ފާސް ކޮށް ތަސްދީގު ކުރި "ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު"ން އުފައްދާފައިވާ ދިވެހިންގެ ފުލުހުންގެ ހިދުމަތްކަމަށް އެ ޤާނޫނުގައި ބަޔާންކޮށްފައިވާކަމަށެވެ.
އަދި ދިވެހި ފުލުހުންގެ ހިދުމަތުގެ ޤާނޫނުގައި ފުލުހުންގެ ހިދުމަތް އޮންނަން ޖެހެނީ ވަކީ ވުޒާރާއެއްގެ ބެލުމުގެ ދަށުގައި ކަމަށް ކަނޑައަޅާފައި ނުވާތީ، ޕޮލިސް ސާވިސް ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ބާއްވަން ނިންމާފައި އޮތް އޮތުން 27 މާޗުން ފެށިގެން ނިމުމަކަށް ގެންނަވާފައިވާ ކަމަށް ދަންނަވަން ރައީސް ސާލިހު ވިދާޅުވެފައިވާ ކަމަށެވެ.
މި ސިޓީއާ ގުޅިގެން ކުރެއްވި ޓުވީޓުގައި މެމްބަރު އުޝާމް ވިދާޅުވީ ފުލުހުންގެ ހިދުމަތް މިހާރު ހިންގަނީ ވަޒީރުންގެ މަޖިލީހުގެ ކޮން ވަޒީރެއްގެ ބެލުމުގެ ދަށުންކަން ސަރުކާރުން ހާމަކުރަން ޖެހޭނެ ކަމަށާއި ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ބެއްލުމުގެ ދަށުން ނޫން ގޮތަކަށް ފުލުހުންގެ ހިދުމަތް ނުހިންގޭނެކަން ޤާނޫނު އަސާސީގެ 242 އަދި 140 ވަނަ މާއްދާއިން ސާފުކަމަށެވެ.
ހޯމް މިނިސްްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކި ކޮށްފައިވާ ކަން އަންގައި، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ފޮނުއްވި ސިޓީގައި އިތުރަށް ބުނެފައިވަނީ މިގޮތަށް ހަމަޖެއްސުމާ ގުޅިގެން 2021 މާރިޗް 27 ވަނަ ދުވަހުން ފެށިގެން ހޯމް މިނިސްޓްރީއާއި އެ މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަންތަނުގެ މަސައްކަތްތައް ހަމަޖައްސަވާފައިވާ ގޮތުގެ ލިޔުން ވެސް އެ ސިޓީއާ އެކު ފޮނުއްވާފައި ވާނެ ކަމަށެވެ.
ވަޒީރެއްގެ ބެއްލެވުމުގެ ދަށުން ނޫން ގޮތަކަށް ފުލުހުންގެ ހިދުމަތެއް ނުހިންގޭނެ: މެމްބަރު އުޝާމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ